ހާހަކަށްވުރެ ގިނަ މީހުން މިއަދު ކޯވިޑް-19 ވެކްސިން ފުރިހަމަ ކޮށްފި

މިއަދު ކޯވިޑް-19 ވެކްސިން ހާހަކަށްވުރެ ގިނަ މީހުން ފުރިހަމަ ކޮށްފި އެވެ. އެޗްޕީއޭއިން ބުނީ ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒު މިއަދު 236 މީހުން ޖަހާފައިވާ ކަމަށެވެ. އަދި ދެވަނަ ޑޯޒު 1،052 މީހުން ޖަހާފ...

28 Jun 2021 | 17:43

މިއަދު ކޯވިޑް-19 ވެކްސިން ހާހަކަށްވުރެ ގިނަ މީހުން ފުރިހަމަ ކޮށްފި އެވެ.

އެޗްޕީއޭއިން ބުނީ ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒު މިއަދު 236 މީހުން ޖަހާފައިވާ ކަމަށެވެ. އަދި ދެވަނަ ޑޯޒު 1،052 މީހުން ޖަހާފައިވާ ކަމަށް ބުންޏެވެ.

މިއަދު އަތޮޅުތެރެއިން ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހީ 150 މީހުންނެވެ. އަދި ދެ ވަނަ ޑޯޒު 806 މީހުން ޖަހާފައިވެ އެވެ.

މާލޭގައި މިއަދު ކޯވިޑްގެ ފުރަތަމަ ޑޯޒު ޖެހީ 86 މީހުންނެވެ.އަދި ދެވަނަ ޑޯޒު 246 މީހުން ޖަހާފައިވެ އެވެ.

މިހާރު އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގައި ދެމުން ދަނީ ސިނޯފާމް ވެކްސިން އެކަންޏެވެ. ފައިޒާ ވެކްސިން އާއި ކޮވިޝީލްޑް ވެކްސިން މަދުން ހުރުމުން ޖަހައިދެމުން ދަނީ އެޕޮއިންޓްމެންޓް އުސޫލުން މަދު ބަޔަކަށެވެ.

މިއަދު ވެކްސިން ޖެހި މީހުންނާއި އެކު ރާއްޖެއި ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަ ކުރި މީހުންގެ އަދަދު ވަނީ 316،497 އަަށް އަރާފައި އެވެ. އަދި ވެކްސިން ފުރިހަމަ ކޮށްފައިވަނީ ޖުމްލަ 188،788 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް