މިއަދު ކޯވިޑް ޖެހުނީ 155 މީހުންނަށް

މިއަދު ކޯވިޑް-19 އަށް އިތުރު155 މީހުން ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން28 މީހުންނެވެ. އަތޮޅު ތެރެއިން ޕޮސިޓިވްވީ70 މީހުންނެވެ. ދެން މިއަދު ޕޮސިޓިވްވީ ރިސޯތުތަ...

28 Jun 2021 | 17:12

މިއަދު ކޯވިޑް-19 އަށް އިތުރު155 މީހުން ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން28 މީހުންނެވެ. އަތޮޅު ތެރެއިން ޕޮސިޓިވްވީ70 މީހުންނެވެ. ދެން މިއަދު ޕޮސިޓިވްވީ ރިސޯތުތަކުން31 މީހުންނާއި ރިސޯޓުތަރައްގީ ކުރަމުންދާ ރަށްތަކުން26 މީހުންނެވެ.

މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 4،972 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 3،883 މީހުންނަށެވެ. އޭގެ ތެރެއިން 27 މީހުުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައިވަނީ 69،378 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 209 އަށް އަރާފައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 73،482 މީހުން ޕޮސިޓިވްވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް