2021 ވަނަ އަހަރުގެ އެސް.އެސް.ސީ އިމްތިޙާނުގެ ކްލެރިކަލް މުވައްޒަފުންގެ ގޮތުގައި އިދާރީ މަސައްކަތްކޮށްދޭނެ މީހުން ހޯދަން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން އިއުލާންކޮށްފިއެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ކުރި އިޢުޅާންގައި ބުނީ، 2021 ވަނަ އަހަރުގެ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގެ މާކިންގ ހޯލުގައި ކްލެރިކަލް މުވައްޒަފުންގެ ގޮތުގައި އިދާރީ މަސައްކަތް ކޮށްދޭނެ ފަރާތްތައް ބޭނުންވާ ކަމަށާއި މި މަސައްކަތަށް 22 މީހުން ބޭނުންވާ ކަމަށެވެ. އެއީ އިސްލާމް ޕޭޕަރުތައް މާކު ކުރާއިރު ހަރަކާތްތެރިވާނެ 11 މީހުނާއި ދިވެހި ޕޭޕަރު މާކުކުރާއިރު ހަރަކާތްތެރިވާނެ 11 މީހުނެވެ.
މަސައްކަތަށް ކަނޑައެޅިފައިވަނީ، މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް 45.00 (ސާޅީސްފަހެއް)ރުފިޔާއެވެ.
އެސް.އެސް.ސީ އިމްތިޙާނުގެ މާކިންގ ވާރކްޝޮޕާއި މާކިންގ މަސައްކަތް ކުރިއަށްދާނީ 08:30 ން 18:00 އަށެވެ.
ޝަރުޠުތަކުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން ނުވަތަ ކުރިން މިމަސައްކަތުގައި އުޅެފައިވުމެވެ.
މިމަސައްކަތަށް އެދޭ ފޯމް" ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ ވެބްސައިޓުން www.dpe.edu.mv އިން ލިބެން ހުންނާނެ ކަމަށް ޑީޕީއީ އިން ބުނެއެވެ. އަދި ފޯމު ފުރިހަމަކުރުމަށްފަހު 2021 ޖުލައި 06 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް/ ހ.އަސްރަފީވިލާ (މަޖީދީމަގު) 2 ވަނަ ފަންގިފިލާގެ ކައުންޓަރަށް ނުވަތަ އީމެއިލް މެދުވެރިކޮށް ([email protected]) ހުށަހެޅުމަށް އެދިފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް