ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލް ރިޝީ ކަޕޫރުގެ އަންހެނުން އަދި ކުރީގެ ބަތަލާ ނީތޫ ސިންގް ކަޕޫރުގެ އާ ދުނިޔެ އާންމުންނަށް ދައްކާލައިފި އެވެ.
މިދިޔަ އަހަރު ކުރީ ކޮޅު ރިޝީ މަރުވީ ކެންސަރު ބައްޔަށް ފަރުވާ ކުރާތާ ދެ އަހަރު ފަހުންނެވެ. މިވޭތުވެދިޔަ އަހަރެއްހާ ދުވަހު ނީތޫ ހޭދަކޮށްފައިވަނީ ހިތްދަތި ދުވަސްތަކެއްކަން އޭނާގެ ސޯޝަލް މީޑިއާ ޕޯސްޓުތަކުން އެނގެ އެވެ.
އެކަމަކު މިހާރު ނީތޫ ދަނީ އެނބުރި އާންމު ދިރިއުޅުމަކަށް ދިއުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މިދިޔަ ހަފްތާގައި ޓީވީ ޝޯއެއްގައި ބައިވެރިވެފައިވާއިރު މިއަދު ވަނީ އާއިލާ އާއި އެކު އުފާވެރި ވަގުތުތަކެއް ހޭދަ ކުރަމުން ދާކަށް ހާމަކޮށް އާއިލީ ފޮޓޯއެއް އާންމު ކޮށްފައި އެވެ.
އެ ފޮޓޯ އާންމު ކުރުމަށް ފަހު ބުނެފައިވަނީ އެއީ އޭނާގެ ދުނިޔެ ކަމަށެވެ. ފޮޓޯގައި ތިބީ ނީތޫ އާއި ރިޝީ ކަޕޫރުގެ ދެ ދަރިން ކަމަށްވާ ރަންބީރު ކަޕޫރާއި ރިދިމާ ކަޕޫރާއި ރިދިމާގެ ދަރިފުޅު ސަމާރާ ސަހްނީ އާއި ނީތޫގެ އިތުރުން ރަންބީރުގެ ލޯބިވެރިޔާ އާލިއާ ބަޓެވެ
https://www.instagram.com/p/CQp9q7PgIri/?utm_source=ig_embed&ig_rid=8220ed87-8d8b-49bc-b183-35d4804ea07d
ރިޝީ މަރުވީ ރަންބީރައި އާލިއާ މިދިޔަ އަހަރު ފަހުކޮޅު ކައިވެނި ކުރަން ތައްޔާރު ވަމުންދަނިކޮށް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި އެކައިވެނި މިއަހަރު އޮންނާނެ ކަމަށް ވެއެވެ.
ނީތޫގެ މިއަދު އާންމު ކުރި ފޮޓޯއިން އެ ދެ ތަރިންގެ ކައިވެނި ވަރަށް ކައިރިވެއްޖެ ކަމަށް ގިނަ ބަޔަކު ދަނީ ގަބޫލު ކުރަމުންނެވެ.
އާލިއާ އަކީ ނީތޫ އާއި ރިޝީ ވަރަށް ގަޔާވާ މީހެކެވެ. އެގޮތުން ރިޝީ ދުނިޔޭގައި ހުރި އިރުވެސް އާލިއާ ވަރަށް ގިނައިން ރަންބީރުގެ އާއިލީ ބައްދަލުވުންތަކުގައި ބައިވެރިވެފައިވާއިރު މިހާރުވެސް ނީތޫ އެކަނި ފިލުވައި ދިނުމުގައި އާލިއާ ވަރަށް ގިނަ ވަގުތު އޭނާ އާއި އެކު އުޅޭކަން ސޯޝަލް މީޑިއާގައި ދެމީހުން އާންމު ކުރާ ފޮޓޯތަކުން އެނގެ އެވެ.
ރަންބީރާއި އާލިއާގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އެންމެ އަވަހަށް ރިލީޒް ވާނީ ދެ ތަރިން އެކުގައި ފެނިގެންދާ ފިލްމު "ބްރަހްމާސްޓްރާ" އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް