ފިޝަރީޒް މިނިސްޓަރަކަށް އައްޔަން ކުރަން ޑރ. ހުސައިންއަށް މަޖިލީހުން ރުހުން ދީފި

ފިޝަރީޒް މިނިސްޓަރު ކަމަށް ޑރ. ހުސައިން ރަޝީދު ހަސަން އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ. އޭނާއަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވީ މިދިޔަ މަހުގެ18 ވަނަ ދުވަހު އެ...

28 Jun 2021 | 11:02

ފިޝަރީޒް މިނިސްޓަރު ކަމަށް ޑރ. ހުސައިން ރަޝީދު ހަސަން އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

އޭނާއަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވީ މިދިޔަ މަހުގެ18 ވަނަ ދުވަހު އެވެ. އޭނާ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ މަހުގެ ކުރީ ކޮޅު އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޑރ. ހުސައިންއަށް ރުހުން ދިނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

ޑރ. ހުސައިނއަށް ރުހުން ދިނުން ލަސްވީ އޭނާގެ ނަން ކޮމިޓީގައި ދިރާސާ ކުރުމުގެ މަރުހަލާގައި ފާހަގަވި ކަމަކުން އިތުރަށް ލަފާ ހޯދަން ޖެހުމުންނެވެ. ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ވަނީ ޑރ. ހުސައިންގެ ހިއްސާ އަމިއްލަ ކުންފުންޏެއްގައި އޮތުމުން ރުހުން ދިނުމާއި މެދު ގޮތެއް ނިންމުމުގެ ކުރިން ކަމާއި ބެހޭ ފަރާތްތަކާއި އެކު މަޝްވަރާ ކޮށްފައި އެވެ.

ފިޝަރީޒް މިނިސްޓަރަކަށް އައްޔަން ކުރުމާއި ހިސާބަށް އޭނާ ހުންނެވީ އެންވަޔަރަމަންޓު މިނިސްޓަރުގެ މަގާމުގައި އެވެ. ފިޝަރީޒް މިނިސްޓަރަކަށް ޑރ. ހުސައިން ބަދަލު ކުރީ އެންވަޔަރަމަންޓު މިނިސްޓަރަކަށް އާމިނަތު ޝައުނާ އައްޔަން ކުރުމަށް ފަހު އެވެ.

އަދި އެ މިނިސްޓްރީގެ ނަން ވަނީ މިނިސްޓަރު އޮފް އެންވަޔަރުމަންޓް، ކުލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީ"އަށް ބަދަލު ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް