ފުވައްމުލަކު މުހައްމަދު ޖަމާލުއްދީން ސްކޫލްގައި 16 ކްލާސްރޫމާއި ކޮމްޕިއުޓާ ލެބް އަޅަން ހަވާލުކޮށްފި

ފުވައްމުލަކު ސިޓީ މުހައްމަދު ޖަމާލުއްދީން ސްކޫލްގައި ގިނަ މަސައްކަތްތަކެއް އިނޯކާ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި އެވެ. އެ ކުންފުންޏާއި މަސައްކަތް ހަވާލުކޮށްފައިވަނީ މިއަދު އެޑިއުކޭޝަން މިނިސްޓްރީގ...

28 Jun 2021 | 10:06

ފުވައްމުލަކު ސިޓީ މުހައްމަދު ޖަމާލުއްދީން ސްކޫލްގައި ގިނަ މަސައްކަތްތަކެއް އިނޯކާ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި އެވެ.

އެ ކުންފުންޏާއި މަސައްކަތް ހަވާލުކޮށްފައިވަނީ މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒު ކަމަށެވެ. އިނޯކާގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަސަން ޝަމީމް އެވެ.

މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން މުހައްމަދު ޖަމާލުއްދީން ސްކޫލްގައި16 ކްލާސްރޫމާއި ކޮމްޕިއުޓާ ލެބެއް އިމާރާތް ކުރާނެ އެވެ.

އެޑިއުކޭޝަނުން ބުނީ މި މަޝްރޫއުއަކީ މިއަހަރުގެ ޕިއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން ކުރިޔަށް ގެންދާ މަސައްކަތެއް ކަމަށެވެ. މި މަޝްރޫއު އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ12.012 މިލިއަން ރުފިޔާ އަށެވެ.

މި މަސައްކަތް ނިންމަން ދީފައިވަނީ365 ދުވަހެވެ. އެޑިއުކޭޝަނުން އުންމީދު ކުރަނީ2022 ވަނަ އަހަރުގެ ޖޫން މަހު އެ އިމާރާތްތަކުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް