2021، މެއި މަހުގެ 6 ވަނަ ދުވަހު މާލޭގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގައި ޒަހަމްވި އެމަނިކުފާނުގެ ބޮޑީގާޑް އިލްހާމް އާދަމް ކަނދުރާގެ އޮޕަރޭޝަނެއް ކުރަންޖެހިއްޖެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ބޮޑީގާޑް އިލްހާމްގެ އޮޕަރޭޝަން ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ އައިޖީއެމް ހޮސްޕިޓަލުގައެއެވެ.
އެގޮތުން އޮޕަރޭޝަން ކުރަންޖެހިފައިވަނީ އިލްހާމްގެ ކަނދުރާގެ ޑިސްކް ހަލާކުވެފައި ވާތީ ކަމަށްވެސް މައުލޫމާތުލިބެއެވެ.
ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނުގެ ބޮޑީގާޑުންނަށް އެކިވަރުގެ ޒަހަމްތައް ވެފައިވެއެވެ. އަދި ރައީސް ނަޝީދަށްވެސް އެކިވަރުގެ ޒަހަމްތައް ލިބިފައިވާއިރު އެމަނިކުފާނު ފަރުވާ ހޯއްދަވަމުން މިހާރު އަންނަނީ ޖަރުމަނުގައެވެ.
އެ ހަމަލާއަކީ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއެއް ކަމަށް ފުލުހުން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް