ފާއިތުވި 24 ގަޑިއިރު، ފުވައްމުލަކު ސިޓީން ކޯވިޑް-19 އަށް އެއްވެސް މީހަކު ފައްސިވެފައި ނުވާ ކަމަށް، ފުވައްމުލަކު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
އެ ސެންޓަރުން ބުނީ ފާއިތުވި 24 ގަޑިއިރުތެރޭ ފުވައްމުލަކުން އެއްވެސް ފައްސި ވޭދަނައެއް ފެނިފައި ނުވާ ކަމަށާއި މިއީ 2021 މޭ 21 ވަނަ ދުވަހަށްފަހު އެ ރަށުން ފައްސި ވޭދަނައެއް ނުފެނުނު ފުރަތަމަ ދުވަސް ކަމަށެވެ.
ނަމަވެސް އެކަހެރިކުރެވިފައި ތިބި ފަރާތްތަކުގެ ތެރެއިން ހަތަރު މީހެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނިފައިވާތީ ބައްޔަށް ޓެސްޓު ކުރުމަށް އިއްޔެ ސުންކު ނެގިފައިވާ ކަމަށްވެސް އެ ސެންޓަރުން ބުނެއެވެ.
ފުވައްމުލަކުގައި މިވަގުތު ކޯވިޑް-19ގެ 58 އެކްޓިވް ވޭދަނަ އުޅޭއިރު، މީގެތެރޭގައި ހިމެނެނީ ހަ ބިދޭސީންނާއި 52 ދިވެހިންނެވެ. އަދި ޖުމްލަ ހަތް ފަރާތެއް ބަލިން އިއްޔެ ފަސޭހަވެފައިވާ ކަމަށްވެސް އެ ސެންޓަރުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް