ބޮލީވުޑްގެ ބައެއް މަޝްހޫރު ފިލްމުތަކުގެ ތެރޭގައި އެ ފިލްމުގެ ލީޑްރޯލުން ފެނިގެން ދިޔަ ތަރިން ހިތް ހަމަ ނުޖެހޭ ފިލްމުތައް އެބަހުއްޓެވެ.
އޭގެ ތެރޭގައި ފިލްމު ރިލީސްކޮށް ސުޕާ ހިޓް ވީ ފަހުން އެ ފިލްމު ކުޅެވުނީތީ އަމިއްލައަށް ރުޅި އައި ތަރިންވެސް އެބަތިއްބެވެ. އެފަދަ ތަރިންގެ ތެރޭގައި ކެޓްރީނާ ކެއިފް، ރަންބީރު ކަޕޫރު، އިމްރާން ހާޝިމީ އަދި ކަންގަނާ ރަނާވަތު ފަދަ މަޝްހޫރު ތަރިން ހިމެނެ އެވެ.
ތިރީގައި އެވަނީ ބައެއް ތަރިން ކުޅެވުނީތީ މޮޔަ ހިތަށް އެރި ބައެއް ފިލްމުތަކެވެ.
ރަންބީރު ކަޕޫރު:
ރަންބީރު ބުނި ގޮތުގައި އޭނާގެ ފިލްމުތަކުގެ ތެރެއިން 2105 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ރޯއީ" ކުޅެވުނީތީ އެއްގޮތަކަށްވެސް ހިތްހަމަ ނުޖެހޭ ކަމަށެވެ. އަދި އެ ފިލްމު ކުޅެވުނީތީ ހިތާމަ ކުރާ ކަމަށް ވަރަށް ފަހުން ބުނެފައިވެ އެވެ.
އަރްޖުން ރާމްޕަލް އާއި ޖެކޮލިން ފެނާންޑޭޒް، ފެނިގެން ދިޔަ ރަންބީރު އެ ފިލްމަކީ އަންމުންގެ މެދުގައި ވަރަށް މަގުބޫލުވި ފިލްމެކެވެ.
ކަންގަނާ ރަނާވަރު:
ކަންގަނާ އަމިއްލައަށް ހިތް ހަމަ ނުޖެހެނީ ފިލްމު "އަންގްލީ" ކުޅެވުނީތީ އެވެ. އިމްރާން ހާޝިމީ އާއި ސަންޖޭ ދަތުފެނިގެން ދިޔަ އެ ފިލްމު ރިލީޒް ކުރީ 2014 ވަނަ އަހަރު އެވެ.
ކަންގަނާ ބުނީ އެ ފިލްމު ކުޅެވުނީތީ ހިތާމަ ކުރާ ކަމަށެވެ.
އިމްރާން ހާޝިމީ:
އިމްރާން ހާޝީމީއަށް ހިތް ހަމަ ނުޖެހޭ ކުޅެވުނީ އެންމެ ފިލްމެކެވެ. ލީޑް ރޯލެއް ލިބޭތޯ މަޑު ކުރުމެއްނެތި ލިބުނު ކޮންމެ ރޯލެއް ވެސް ކުޅެން ތައްޔާރަށް ހުންނަ އިމްރާން ވަނީ ތަފާތު ރޯލުތަކުން އެކި ފިލްމުތަކުން ފެނިގެން ގޮސްފައި އެވެ.
އޭގެ ތެރޭގައި ހެއްވާ މަޖާ ފިލްމުތަކާއި، ލޯބީގެ ފިލްމުތަކުގެ އިތުރު ފުލުހުންގެ ރޯލާއި ގޭންގް ސްޓާ ރޯލުތަކުން އިމްރާން ފެނިގެން ގޮސްފައިވެ އެވެ. އިމްރާން ހިތް ހަމަނުޖެހެނީ 2007 ވަަނަ އަހަރު ރިލީޒް ކުރި ފިލްމު "ގުޑް ބޯއީ ބޭޑް ބޯއީ" ކުޅެވުނީތީ އެވެ.
ސައިފް އަލީ ހާން:
ސައިފް އަލީ ހާންގެ ކެރިއަރުގައި ކުރެވުނު އެންމެ މޮޔަކަމުގެ ގޮތުގައި އޭނާ ސިފަ ކުރަނީ 2014 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ހަމްޝަކަލް" ކުޅުމެވެ. ސައިފް ބުނީ މިހާރުވެސް އެ ފިލްމު ބަލައިލެވިއްޖިއްޔާ އެ ފިލްމަށް ސޮއިކޮށް، ކުޅުނީ ކީއްވެބާއޭ ހިތަށް އަރާ ކަމަށެވެ.
އަދި އެކަހަލަ ފިލްމެއް ކުޅެގެން ސަޕޯޓަރުން ދުވަހަކުވެސް ދެން ފޫހިކޮށް ނުލާނެ ކަމަށް އޭނާ ބުންޏެވެ.
ޝާހިދު ކަޕޫރު:
ޝާހިދު ކަޕޫރަކީވެސް ވަރަށް ގިނަ ތަފާތު ރޯލުތަކުން ފެނިގެން ގޮސްފައިވާ ތަރި އެކެވެ. އޭނާއަށްވެސް ކުޅެވުނު އެންމެ ފޫހި އަދި އަމިއްލައަށް މޮޔަ ހިތަށް އަރާ ފިލްމަކީ ހެއްވާ މަޖާ ލޯބީގެ ފިލްމެވެ.
ޝާހިދު ބުނީ 2006 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ޗުޕް ޗުޕް ކޭ" އަކީ އެއްގޮތަކަށްވެސް ގަޔާވާ ފިލްމެއް ނޫން ކަމަށެވެ. އެ ފިލްމުގައި އޭނާ އާއި އެކު ލީޑް ރޯލުން ފެނިގެން ދިޔައީ ކަރީނާ ކަޕޫރެވެ.
ކެޓްރީނާ ކެއިފް:
ކެޓްރީނާ ކުޅުނު ފިލްމުތަކުގެ ތެރެއިން ނުކުޅެވުނު ނަމައޭ ހިތަށް އަރަނީ 2013 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ދޫމް" އެވެ. ކެޓްރީނާ ބުނެފައިވާ ގޮތުގައި އެ ފިލްމަށް ސޮއި ކުރީ އިނގިރޭސިވިލާތުގައި ހުރެފަ އެވެ.
އެކަމަކު ފަހުން އެކަހަލަ ފިލްމުތައް އިންޑިއާގެ ގިނަ އާންމުންގެ މެދުގައި އޭރު މަގުބޫލު ނޫންކަން އެނގުމުން ވަރަށް ދެރަވި ކަމަށާއި ފިލްމު ނުކުޅެވުނު ނަމައޭ ހިތަށް އެރި ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް