ކުރީ ސަރުކާރުން ފްލެޓް ފޯމްތަކެއް އަންދާލި ކަމަށް ޝިފާ ވިދާޅުވުމުން ލަދުގަންނަވާލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން ފްލެޓަށް އެދުނު މީީހުންގެ ފޯމްތަކެއް އަންދާލި ކަމަށް ވިދާޅުވެ މާލޭގެ މޭޔަރު ޝިފާ ޓްވީޓްކުރެއްވުމުން އޭނާ ހެއްދެވީ އިތުރުފުޅުކަން ބޭޒާރުކޮށް ލަދުގަންވާލައިފިއެ...

28 Jun 2021 | 04:49

ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން ފްލެޓަށް އެދުނު މީީހުންގެ ފޯމްތަކެއް އަންދާލި ކަމަށް ވިދާޅުވެ މާލޭގެ މޭޔަރު ޝިފާ ޓްވީޓްކުރެއްވުމުން އޭނާ ހެއްދެވީ އިތުރުފުޅުކަން ބޭޒާރުކޮށް ލަދުގަންވާލައިފިއެވެ.

މިހާރު މާލޭގެ މޭޔަރަކަށް ހުންނެވި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ޕީޕީއެމް ފިޔަވައި އެހެން ޕާޓީތަކުގެ މެންބަރުންގެ ފޯމްތައް އަންދާލާފައި ކަމަށް ބުނެ ފޮޓޯއަކާއިއެކު މީހަކު ކުރި ޓްވީޓަކަށް ތާއިދުކޮށް ޝިފާ އިއްޔެ ޓްވީޓެއް ކުރިއެވެ.

ވިލިނގިލީ ހައުސިން މިނިސްޓްރީ ހިންގި ބިމުގައި ތިކަމެއް ހިންގާފައި ހުރި." ޝިފާގެ ޓްވީޓްގައި ވިދާޅުވިއެވެ. ދަފްތަރުގައި ޖެހުމުގެ ފުރުސަތު އަލަށް ދިން މީހުންނަށް ފްލެޓަށް ކުރިމަތިލެވިފައި ވާތީ އެކަން އަނެއްކާވެސް ކުށްވެރިކޮށް ޝިފާ ވިދާޅުވެފައި ވަނީ މާލޭ ބައެއް ރައްޔިތުންގެ ފުރުސަތު ގެއްލިގެން ގޮސްފައިވަނީ ކުއްލިއަކަށް ގެނެސް (ދަފްތަރުގައި) ޖެއްސި ބައެއްގެ ސަބަބުން ކަމަށެވެ.

https://twitter.com/HamdhanShakeel/status/1409354201247850498?

ފްލެޓް ފޯމްތަކެއް އަންދާލިކަމަށް ޝިފާ ވިދާޅުވުމުން ހަގީގަތް ސާފުކޮށްދެމުން ޕީޕީއެމްގެ މީޑިއާ ކޯޑިނޭޓަރ ހަމްދާން ޝަކީލް ވަނީ ޓްވީޓެއް ކުރައްވާފައެވެ.

ހަމްދާން ވިދާޅުވީ އަންދާލާފައި ވަނީ މައުމޫންގެ ވެރިކަމުގައި މޯލްޑިވްސް އާބަން ހައުސިން ޑިވެލޮޕްމެންޓް ބޯޑުން ނެރުނު ފޯމްތަކެއް ކަމަށެވެ. "ޝިފާ ތިޔަހަދަނީ ކަނޑައެޅިގެން ދޮގު. ތިފޯމަކީ މައުމޫންމުގެ ވެރިކަމުގައި މޯލްޑިވްސް އާބަން ޑިވެލޮޕްމެންޓް ބޯޑުން ނެރުނު ފޯމެއް އޭރު އަންދާލާފައި. ހިޔާ ފްލެޓް ފޯމެއް ނޫން." ހަމްދާންގެ ޓްވީޓްގައި ވެއެވެ.

ހަމްދާން ވިދާޅުވީ، މިފެންނަނީ އެމްޑީޕީގެ ހަގީގީ ސިފަ ކަމަށާއި އެމްޑީޕީ އަކީ ސިޔާސީ ގޮތުން ތަސައްރަފު ނުފުދޭ ފިތުނަ އުފައްދާ މަކަރުވެރި ބައެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް