އިދިކޮޅުންވެސް އެއްކޮޅުން ވެސް ބުލީ ކުރޭ، އެކަމަކުވެސް އަދި ފަހަތަކަށް ނުޖެއްސޭ: ރޮޒައިނާ

އިދިކޮޅުންވެސް އެއްކޮޅުން ވެސް ބުލީ ކުރާ ކަމަށާއި އެކަމަކުވެސް އަދި ފަހަތަކަށް ނުޖެއްސޭ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ. ރޮޒެއިނާއާ ގުޅުވައިގެން އޮންލައިން ނޫހެއް...

27 Jun 2021 | 19:02

އިދިކޮޅުންވެސް އެއްކޮޅުން ވެސް ބުލީ ކުރާ ކަމަށާއި އެކަމަކުވެސް އަދި ފަހަތަކަށް ނުޖެއްސޭ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާއާ ގުޅުވައިގެން އޮންލައިން ނޫހެއްގައި ލިޔެފައިވާ ވާހަކައަކަށް ރައްދުދެއްވައި އެކަމަނާ ވިދާޅުވީ، ސިޔާސީ ދާއިރާއަށް ނުކުތީ އެއްވެސް މީހަކު ކިޔާހާ އެއްޗަކަށް އާނއެކޭ ކިޔާކަށް ނޫން ކަމަށާއި އަދި ބުލީކުރާ މީހުން ދެކެ ބިރުން، ޤަބޫލު ނުކުރެވޭނެ ކަމެއް އެންޑޯޒްކޮށްފައި ވާހަކަ ދައްކާކަށް ވެސް ނޫން ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

" ބުލީ ކުރުމަކީ ސްކޫލްތަކުގައި އެކަނި ހިނގާ ކަމެއް ނޫން. އަޅުގަނޑަށް ސްކޫލްގައި ބުލީއެއް ނުކުރޭ. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ ގޭތެރޭން ބުލީ ކުރުމާއި މޫނަށް ކުޅު ޖެހުމާއި، ލައްކަ ކަންތައް ދިމާވެއްޖެ، އިދިކޮޅުންވެސް އެއްކޮޅުން ވެސް. " ރޮޒެއިނާ ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން، ބަސް ބުނަން ކެރޭތީ އަދި ބުނަން ޖެހޭތާކު ބުނާތީ، އެޅިހާ ބަތަކަށް ރިހައިގެ އުސޫލު ނުގެންގުޅޭތީ، އެއީ ސިޔާސީ ގޮތުން "ދޮން މަންމ" ކިޔަން ޖެހޭ ކަމަކަށް ވާނަމަ، އެކަން ވެސް ނަގާނީ 'ކޮމްޕްލިމެންޓް' އެއް ގޮތަށް ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ މި މޭރުމުން ވާހަކަ ދައްކާފައި މިވަނީ، އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕްގައި ދެކެވުނު ވާހަކަތަކެއްގެ ތެރޭގައި އެމްޑީޕީ ޤައުމީ މަޖިލީހުގެ ރައީސް އަންވަރު ރޮޒެއިނާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައި ވަނިކޮށެވެ.

އެގޮތުން އަންވަރު ވިދާޅުވީ، ރޮޒައިނާ އެންމެ ކަމުދާނީ އެމްޑީޕީގެ ދޮންމަންމައަކަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް