ވަގުތުގެ ޓްވިޓާ އެކައުންޓް ހެކްކޮށް ވެރިކަން ވައްޓާލަން ނިކުތުމަށް ގޮވަމުން އެބަދޭ

ރާއްޖޭގެ އެންމެ މަޝްހޫރު އެއް އޮންލައިން ނޫސް ކަމުގައި ވާ ވަގުތު އޮންލައިންގެ ޓްވިޓާ އެކައުންޓް ހެކްކޮށް، ވެރިކަން ވައްޓާލަން ނިކުތުމަށް ގޮވާލައި ޓްވީޓްތައް ކުރަމުން އެބަ ގެންދެ އެވެ. ދުވަހަށް މައުލޫމ...

28 Jun 2015 | 18:14

ރާއްޖޭގެ އެންމެ މަޝްހޫރު އެއް އޮންލައިން ނޫސް ކަމުގައި ވާ ވަގުތު އޮންލައިންގެ ޓްވިޓާ އެކައުންޓް ހެކްކޮށް، ވެރިކަން ވައްޓާލަން ނިކުތުމަށް ގޮވާލައި ޓްވީޓްތައް ކުރަމުން އެބަ ގެންދެ އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ވަގުތު ނޫހުގެ ޗީފް އެޑިޓަރު މުޝައްރަފް ވިދާޅުވީ 10:30 އިން ފެށިގެން ކުރަމުންދާ ޓްވީޓްތަކަކީ ބަޔަކު ހެކްކޮށްގެން ލިޔަމުން ގެންދާ ޓްވީޓްތަކެއް ކަމަށެވެ.

https://twitter.com/VaguthuMV/status/615214647210319872

ހެކް ކުރުމަށްފަހު ކޮށްފައިވާ އެއް ޓްވީޓްގައި ބުނެފައިވަނީ "ހުރިހާ ބޭފުޅުން ވެރިކަމާ ދެކޮޅަށް ނިކުތުމަށް މައުމޫން އަބްދުލްގައްޔޫމް ގޮވާލާ ކަމަށާއި އެންމެން ޖުމްހޫރީ މައިދާނަށް އެއްވުމަށް ގޮވަމުން އަންނަ ކަމަށެވެ.

https://twitter.com/VaguthuMV/status/615214053041041409

އެހެން ޓްވީޓެއްގައި ބުނެފައިވަނީ "އަހުމަދު އަދީބުއާ ދެކޮޅަށް ނިކުތުމަށް މައުމޫން އަބްދުލްގައްޔޫމް ގޮޥާލައިފި ކަމަށާއި އަދި ނައިބުރައީސް މުހައްމަދު ޖަމީލް އަހުމަދުވެސް މި ނިންމުމަށް ތާއީދު ކުރާ ކަމަށެވެ.

https://twitter.com/VaguthuMV/status/615213852628787200

މުޝަރައްރަފް ވިދާޅުވީ ޓްވިޓާ އެކައުންޓް ހެކް ކުރީ މިއަދު ވަގުތު ނޫހުންޖެހި ރިޕޯޓަކާ (މޮނާޒާ ނައީމްގެ ދަރިއާ ގުޅޭގޮތުން ޖެހި ރިޕޯޓް) ގުޅުމެއް ވާކަމަށް ބެލެވޭ ކަމަށާއި ޓްވިޓާ އެކައުންޓްގެ ކޮންޓްރޯލް އަނބުރާ ހޯދުމުގެ މަސައްކަތް ޓެކްނިކަލް ޓީމުން ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް