ލ.އަތޮޅު ތައުލީމީ މަރުކަޒަށް ދާއިރާގެ މެމްބަރު، 15 ކޮމްޕިއުޓަރު ހަދިޔާ ކުރައްވައިފި

ހައްދުންމަތީ ފޮނަދޫ ދާއިރާގެ މެމްބަރު  އަބުދުއްރަހީމް އަބުދުﷲ ، ލ.އަތޮޅު ތައުލީމީ މަރުކަޒަށް 15 ކޮމްޕިއުޓަރު ސިސްޓަމް ހަދިޔާ ކުރައްވައިފިއެވެ. މި ތަކެތި ވަނީ މިއަދު ހެނދުނު އެތަކެތި ހަވާލުކުރުމަށްޓަކަ...

28 Jun 2015 | 13:36

ހައްދުންމަތީ ފޮނަދޫ ދާއިރާގެ މެމްބަރު  އަބުދުއްރަހީމް އަބުދުﷲ ، ލ.އަތޮޅު ތައުލީމީ މަރުކަޒަށް 15 ކޮމްޕިއުޓަރު ސިސްޓަމް ހަދިޔާ ކުރައްވައިފިއެވެ.

މި ތަކެތި ވަނީ މިއަދު ހެނދުނު އެތަކެތި ހަވާލުކުރުމަށްޓަކައި އެ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ލ. އަތޮޅުތައުލީމީ މަރުކަޒާއި ހަވާލުކޮށްދެއްވާފައެވެ. ތަކެތި ހަވާލުކޮށްދެއްވީ ފޮނަދޫ ދާއިރާގެ އިއްޒައްތެރި މެމްބަރ އަބުދުއްރަހީ އަބުދުﷲ އެވެ. މިތަކެއްޗާއި އެމަރުކަޒުގެ ފަރާތުން ހަވާލުވެލެއްވީ އެމަރުކަޒު މިވަގުތު ހިންގެވުމާއި ހަވާލުވެ ހުންނެވި އަލްފާޟިލާ އައިސަތު ޒުހުރުބާނު އެވެ. މިއަދު މިހަދިޔާ ކުރި މިތަކެތީގެ އަގަށް 140175.04 ރުފިޔާ އަރާ ކަމަށް މައުލޫމާތު ލިބެއެވެ.

މިރަސްމިއްޔާތުގައި ފޮނަދޫގެ ކައުންސިލަރުންނާއި އަދި އަތޮޅު ކައުންސިލްގެ ބައެއް މެންބަރުން އިތުރުން މަރުކަޒުގެ އިސްވެރިންބައިވެރި ވެލައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް