މަޖީދީ މަގުގައި ހުންނަ ރެޑްވޭވް ފިހާރައިން ބޮލުގައިލާ ތެޔޮފުޅިއެއް ވަގަށްނެގި މީހަކު، އާންމުން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފި އެވެ.
މަންޒަރުދުއް މީހަކު ބުނީ މިކަން ހިނގާފައިވަނީ މިއަދު ހެނދުނު 11:45 ހާއިރު ކަމަށާއި އޭނާ ވަގަށްނެގީ "ކުމާރިކާ" ބްރޭންޑްގެ ތެޔޮފުޅިއެއް ކަމަށެވެ.
ރޯދަމަހަކީ އާންމުގޮތެއްގައި ވައްކަމުގެ މައްސަލަތައް ގިނަ މަހަކަށް ވާއިރު މި ހިނގާ ރޯދަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ވައްކަމުގެ 28 މައްސަލައެއް ހުށަހެޅިފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް