އިނގިރޭސިވިލާތަށް ވަޑައިގަތުމަކީ އުފުލިފައިވާ ތުހުމަތުތަކަށް ބާރުލިބޭ ފިނޑި އަމަލެއް: މުހައްމަދު އިސްމާއިލް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުހައްމަދު ޖަމީލް އަހުމަދު، ފިއްލަވައިގެން އިނިގިރޭސިވިލާތަށް ވަޑައިގަތުމަކީ އޭނާއާއި ދޭތެރޭ އުފުލިފައިވާ ތުހުމަތުތަކަށް ބާރުލިބޭ ފިނޑި އަމަލެއް ކަމަށް ހޯރަފުށީ ދާއިރ...

28 Jun 2015 | 06:24

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުހައްމަދު ޖަމީލް އަހުމަދު، ފިއްލަވައިގެން އިނިގިރޭސިވިލާތަށް ވަޑައިގަތުމަކީ އޭނާއާއި ދޭތެރޭ އުފުލިފައިވާ ތުހުމަތުތަކަށް ބާރުލިބޭ ފިނޑި އަމަލެއް ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެމްޕީ މުހައްމަދު އިސްމާއިލް މިހެން ވިދާޅުވީ ފޭސްބުކްގައި އަޕްޑޭޓްކޮށްފައިވާ ސްޓެޓަސްއެއްގަ އެވެ. އެ ސްޓެޓަސްގައި ވިދާޅުވެފައިވަނީ ގާނޫނުން ވަކި ތަރުތީބެއް ހަމަޖައްސާފައިނުވާނަމަ އެފަދަ ބޭބޭފުޅުން (ނައިބުރައީސް) ވަގުތުން ބޭރުކުރަން ޖެހޭ ކަމަށާއި ޑރ ޖަމީލްގެ އެ ފިނޑި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

https://www.facebook.com/permalink.php?story_fbid=366788166848217&id=100005511103823&pnref=story

ހަމަ މި މައްސަލައާއި ގުޅުވާ މުހައްމަދު އިސްމާއިލްގެ އިތުރު ސްޓެޓަސްއެއްގައި ބުނެފައިވަނީ ޑރ. ޖަމީލްވަނީ މީގެ ކުރިންވެސް ރައީސް މައުމޫނަށް ނިކަމެތިކަމެއް ދީފައިކަމަށެވެ. ޑރ. ހަސަން ސައީދުއާއި ޑރ. ޖަމީލު ސަރުކާރުގެ ސިޔާސަތުތަކެއްގެ ވާހަކަ މީޑީއާ ތަކާ ހިއްސާ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ބައްދަލުވުމެއްގައި ސަރުކާރު ބަދުނާމު ވާފަދަ އަމަލެއް ހިންގި ކަމަށާއި "އަޑު އެހުމުގެ ކެތްތެރިކަމެއް ނެތް ބައެއް" ކަމަށްބުނެ ރައީސް މައުމޫންގެ އަގު އޭރު ވައްޓާލި ކަމަށްވެސް މުހައްމަދު އިސްމާއިލް ވިދާޅުވެފައި ވެ އެވެ.

https://www.facebook.com/permalink.php?story_fbid=366791893514511&id=100005511103823

"މިފަހަރު މީނާ އަނެއްކާ މިއުޅެނީ ކޮން މީޑިއާތަކެއްގެ ކުރިމަތީ ގައުމު ހަލާކު ކުރަންތޯ މިއީ އުފެދޭ ސުވާލެއް" މުހައްމަދު އިސްމާއިލްގެ ސްޓެޓަސްގައި ވިދާޅުވެފައި ވެ އެވެ.

މި މޭރުމުން މުހައްމަދު އިސްމާއިލްގެ ސްޓެޓަސްގައި ވިދާޅުވެފައިވާއިރު ނައިބުރައީސް ލަންޑަނުން ހިމާޔަތް ހޯއްދަވައި، އަލްޖަޒީރާ ޓީވީއަށް ހާއްސަ އިންޓަވިއުއެއް ދެއްވުމަށް ތައްޔާރުވަމުން އަންނަކަމުގެ އަޑުތައް ރެއިން ފެށިގެން އަންނަނީ ފެތުރެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް