ފުވައްމުލަކުގައި ހިނގި އެކްސިޑެންޓްގައި ހާލުބޮޑުވި ޒުވާނާ މާލެގެނެސް ފަރުވާދޭން ފަށައިފި

ފުވައްމުލަކުގައި ރޭ ހިނގި އެކްސިޑެންޓްގައި ސީރިއަސް ޒަހަމްތަކެއް ލިބުނު ޒުވާނާއަށް އިތުރު ފަރުވާދިނުމަށް މާލެ ގެނެސް ފަރުވާ ދޭން ފަށައިފި އެވެ. އެ އެކްސިޑެންޓްގައި އެކަކު މަރުވެފައިވާއިރު އިތުރު ފަރުވ...

28 Jun 2015 | 05:56

ފުވައްމުލަކުގައި ރޭ ހިނގި އެކްސިޑެންޓްގައި ސީރިއަސް ޒަހަމްތަކެއް ލިބުނު ޒުވާނާއަށް އިތުރު ފަރުވާދިނުމަށް މާލެ ގެނެސް ފަރުވާ ދޭން ފަށައިފި އެވެ.

އެ އެކްސިޑެންޓްގައި އެކަކު މަރުވެފައިވާއިރު އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ 19 އަހަރުގެ މުހައްމަދު ނަސްރަހު އެވެ.

ނަސްރަހުއަށް ފަރުވާދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލްގަ އެވެ. އޭޑީކޭގައި ފަރުވާދެމުން އަންނައިރު އެ ހޮސްޕިޓަލުން ބުނަނީ އެކަމާމެދު އަދި އެއްވެސް އެއްޗެއް ހާމަކުރެވެން ނެތް ކަމަށެވެ.

ރޭގެ އެކްސިޑެންޓްގައި ނަސްރަހުގެ ބޮލަށް ފުދޭ ވަރަކަށް ބޮޑަށް އަނިޔާވެފައިވާކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. ރޭގެ އެކްސިޑެންޓް ހިނގާފައިވަނީ 21:50 ހާއިރު ފުވައްމުލަކު މުހައްމަދު ޖަމާލުއްދީން ތުއްތު މަގުގަ އެވެ. އެކްސިޑެންޓް ހިނގަން މެދުވެރި ސަބަބު އަދި ސާފެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް