ލަންޑަނުން ހިމާޔަތް ހޯއްދެވުމަށްފަހު ނައިބުރައީސްގެ އިންޓަވިއުއެއް އަލްޖަޒީރާ އަށް!

ރާއްޖޭގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މިރޭގެ ވަގުތެއްގައި ލަންޑަނަށް ވަޑައިގެންފައިވާކަމަށާއި ލަންޑަނުން ހިމާޔަތް ހޯދުމަށްފަހު އަލްޖަޒީރާއަށް ހާއްސަ އިންޓަވިއުއެއް ދެއްވަން ތައްޔާރުވަމު...

27 Jun 2015 | 20:51

ރާއްޖޭގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މިރޭގެ ވަގުތެއްގައި ލަންޑަނަށް ވަޑައިގެންފައިވާކަމަށާއި ލަންޑަނުން ހިމާޔަތް ހޯދުމަށްފަހު އަލްޖަޒީރާއަށް ހާއްސަ އިންޓަވިއުއެއް ދެއްވަން ތައްޔާރުވަމުން އަންނަކަމަށް ސޯޝަލް މީޑިއާގައި ހަބަރު ފެތުރެން ފަށައިފި އެވެ.

ބޭސް ފަރުވާއަށް ލަންކާއަށް ދިއުމަށްފަހު ނައިބުރައީސް ލަންޑަނަށް ވަޑައިގަތީ މިރޭގެ ވަގުތެއްގަ އެވެ. ސޯޝަލް މީޑިއާގައި މިކަމާގުޅޭގޮތުން އެނބުރޭ ބައެއް ޓްވީޓްތަކަށް ބަލާއިރު އަލްޖަޒީރާއަށް ހާއްސަ އިންޓަވިއުއެއް ދެއްވުމަށް ނައިބުރައީސް މިހާރުވަނީ އެއްބަސްވެވަޑައިގެންފަ އެވެ. ނަމަވެސް އިންޓަވިއު ދެނީ ކޮންދުވަހަކު ކަމެއް އަދި ކޮން ވަގުތެއްގައި ކަމެއް ޓްވީޓްތަކުން އަދި ސާފުވާގޮތެއް ނުވެ އެވެ.

https://twitter.com/ShumbaGong/status/614880297482489856

އެ ޓްވީޓްތަކަށް ބަލާއިރު އަލްޖަޒީރާގައި ނައިބުރައީސް ވާހަކަފުޅު ދައްކަވާނީ މި ސަރުކާރާ ދެކޮޅަށް ކަމަށް ބައެއް ޓްވީޓްތަކުގައި ބުނެފައިވެ އެވެ. އަދި ނައިބުރައީސް އެކަން ކުރައްވަނީ ރާއްޖޭގެ ޓުއަރިޒަމް އާއި ގައުމީ ފޭރާން ހަލާކުކޮށްލުމަށް ކަމަށްވެސް ބައެއް ޓްވީޓްތަކުގައި ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް