ޢީދަށް މުޅި ހަފުތާ ބަންދުކޮށްލަން ރައީސް ބޭނުންފުޅެއް ނުވި

ކުރިއަށް އޮތް އަޟްޙާ ޢީދަށް މުޅި ހަފުތާ އެކުގައި ބަންދުކޮށްލަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިފަހަރު ބޭނުންފުޅުވެ ނުލެއްވިއެވެ. ރައީސް މުޢިއްޒުގެ ވެރިކަމުގައި ޢީދު ފަދަ ބަންދު ދުވަސްތ...

28 May 2025 | 07:21

ކުރިއަށް އޮތް އަޟްޙާ ޢީދަށް މުޅި ހަފުތާ އެކުގައި ބަންދުކޮށްލަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިފަހަރު ބޭނުންފުޅުވެ ނުލެއްވިއެވެ.

ރައީސް މުޢިއްޒުގެ ވެރިކަމުގައި ޢީދު ފަދަ ބަންދު ދުވަސްތަކުގެ ފަހަތަށާއި ކުރިއަށް އަންނަ ދުވަސްތައް ބަންދުކޮށްލައި އެފަދަ ބަންދުތައް އިތުރަށް ދިގު ދަންމާލަމުންދިޔަނަމަވެސް މި ޢީދަށް އެކަން ނުކުރަން ވަނީ ނިންމަވާފައެވެ.

ސަރުކާރުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއަހަރުގެ ޙައްޖު ދުވަސް ދިމާވަނީ، 5 ޖޫން ވާ ބުރާސްފަތި ދުވަހާ ކަމުގައި ސަޢޫދީޢަރަބިއްޔާއިން ކަނޑައަޅާފައިވާއިރު ޙައްޖު ދުވަހާއި އަޟްޙާ ޢީދާ ގުޅިގެން ބަންދުވާނީ، މިހާރުވެސް ކަލަންޑަރުގައި ބަންދު ކަމަށް ކަނޑައަޅާފައިވާ ދުވަސްތައް ކަމަށެވެ.

ކަލަންޑަރުގައިވާގޮތުގައި ޢީދަށް ބަންދުވާނީ 09 ޖޫން ވާ ހޯމަ ދުވަހާއި ހަމައަށެވެ. އެހެންކަމުން އަންގާރައިގާ ސަރުކާރު މުވައްޒަފުން ވަޒީފާއަށް ނިކުންނަން ޖެހޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް