މި ދެމަފިރިން ހަނީމޫނަށް ޚިޔާރު ކުރީ ޙައްޖު

މެލޭޝިޔާއަށް ނިސްބަތްވާ ޒުވާން ދެމަފިރިއަކު ހަނީމޫންގެ ގޮތުގައި ޙައްޖުގެ އަޅުކަން ޚިޔާރުކޮށްފިއެވެ. މެލޭޝިޔާގެ ސްޓްރެއިޓް ޓައިމްސްގައި ރިޕޯޓްކޮށްފައިވާގޮތުގައި އުމުރުން 25 އަހަރުގެ ނޫރް އިއްޒަތީ އާއި ...

28 May 2024 | 18:10

މެލޭޝިޔާއަށް ނިސްބަތްވާ ޒުވާން ދެމަފިރިއަކު ހަނީމޫންގެ ގޮތުގައި ޙައްޖުގެ އަޅުކަން ޚިޔާރުކޮށްފިއެވެ.

މެލޭޝިޔާގެ ސްޓްރެއިޓް ޓައިމްސްގައި ރިޕޯޓްކޮށްފައިވާގޮތުގައި އުމުރުން 25 އަހަރުގެ ނޫރް އިއްޒަތީ އާއި އުމުރުން 27 އަހަރުގެ ރައްބާނީ ކައިވެނިކުރީ ނިމިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އެހެންނަމަވެސް ހަނީމޫން ފަސްކުރީ ނޫރްގެ ކިޔެވުން ކުރިއަށް ގެންދިއުމަށެވެ.

ނޫރް އަކީ މެލޭޝިޔާގެ ހައްޖު ޕްރޮގްރާމްގައި އެހީތެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ފަރާތަކަށްވެފައި އެ ޕްރޮގްރާމްގެ ދަށުން ހައްޖުގެ ފުރުސަތު ލިބުމުން އޭނާގެ ފިރިމީހާއަށް ހަނީމޫންގެ ޚިޔާލު ދިނުމުން ފިރިމީހާވެސް އެ ޚިޔާލާ ގަޔާވެ ދެމަފިރިންގެ ހަނީމޫންގެ މަންޒިލެއްގެ ގޮތުގައި ޙައްޖު ޚިޔާރު ކުރީކަމުގައިވެސް އެމީހުންނާއި ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް މި އަހަރު މެލޭޝިޔާއިން 31،600 މީހަކަށް ފުރުސަތު ލިބިފައިވެއެވެ. އެ ފަރާތްތައް މިހާރު އަންނަނީ ސަޢޫދީ އަރަބިއްޔާއަށް ދަތުރުކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް