ގެސްޓްހައުސްއެއްގައި ނޭޕާލު މީހަކު ބަންދުކޮށްގެން ގެންގުޅުނު މައްސަލައިގާ އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ބުނެފައިވަނީ އެ މައްސަލައިގާ ތުހުމަތު ކުރެވޭ އިތުރު މީހަކު އިއްޔެގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށެވެ.
"ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ބަންގުލަދޭޝް ފިރިހެނެއް" ފުލުހުން ބުނެފައިވެއެވެ.
ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މާފަންނު ގެސްޓްހައުސްއެއްގައި ބަންދުކޮށްގެން ގެންގުޅުނު، ނޭޕާލަށް ނިސްބަތްވާ ރައްޔިތަކު ފުލުހުން ސަލާމަތްކުރީ މިދިޔަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެރޭ މި މައްސަލައިގާ އެ ގެސްޓްހައުސްއިންވެސް ބަންގުލަދޭޝްއަށް ނިސްބަތްވާ ދެމީހަކު ހައްޔަރުކުރިއެވެ. އެހެންނަމަވެސް އޭގެން އެކަކު ހަމަ އެރޭ ދޫކޮށްލާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް