ބޯ ވާރެޔާއި ގަދަ ވަޔާއިއެކު ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ލ. އަތޮޅާއި ހަމައަށް ހުދު ސަމާލު

ބޯ ވާރެޔާއި ގަދަ ވަޔާއި ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް އެންމެ އުތުރުން ހއ. އިން ފެށިގެން ލ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ހުދު ސަމާލު ނެރެފިއެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާ، މެޓުން މި ސަމާލު ނެރެފަ...

28 May 2024 | 12:27

ބޯ ވާރެޔާއި ގަދަ ވަޔާއި ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް އެންމެ އުތުރުން ހއ. އިން ފެށިގެން ލ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ، މެޓުން މި ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 4:30 އިން މިރޭގެ 10:30ގެ ނިޔަލަށެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް)ގެ މި ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން، އަދި ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދުގ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.

ހުޅަނގު މޫސުމުގެ ބާރުގަދަވެ ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެކަމަށް މެޓުން މިއަދު ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް