ތިން ރަށެއްގެ ބައި އިލެކްޝަންގެ ރީރަޖިސްޓްރޭޝަނަށް އިލެކްޝަން ކޮމިޝަންއިން ފުރުސަތު ހުޅުވާލައިފިއެވެ.
ޖޫން 15 ގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ބައި އިލެކްޝަނަށް ވޯޓުލުމަށް ރީ ރަޖިސްޓްރީ ވާން ބޭނުންވާ ފަރާތްތަކަށް އީސީން ވަނީ ފުރުސަތު ހުޅުވާލާފައެވެ.
ބައި އިލެކްޝަން ކުރިއަށް ދާނެ ރަށްތައް ކަމުގައި އިލެކްޝަން ކޮމިޝަން(އީސީ) އިން ބުނީ، ދ.ކުޑަހުވަދޫ ކައުންސިލްގެ ރައީސްގެ މަގާމާއި، މ.މުލަކު ކައުންސިލްގެ އަންހެން މެންބަރުގެ މަޤާމާއި، ލ.ގަމު ކައުންސިލް މެންބަރުގެ މަޤާމަށް މެންބަރުން އައްޔަން ކުރުމަށް ކަމަށެވެ.
އީސީން ބުނީ، ރީ ރަޖިސްޓްރީ ވާން އެދޭ ފަރާތްތަކުން 28 މޭ ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން 2024 މޭޭ 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 15:00ގެ ނިޔަލަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ.
މީގެ އިތުރުން އީސީން ބުނީ، ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ވެފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކުން ދާއިމީ އެޑްރެސް ނޫން އެހެން ތަނަކަށް ރަޖިސްޓްރީ ކޮށްފައިވާ ނަމަ ވޯޓްލެވޭ ރަށް އެމީހެއްގެ ދާއިމީ އެޑްރެހަށް ވަނީ ބަދަލުކުރެވިފައި ކަމަށެވެ.
މި ތިން ރަށުގެ ބައި އިލެކްޝަން ކުރިއަށް ގެންދިޔުމަށް އިލެކްޝަންއިން ނިންމަވާފައިވަނީ ޖޫން 15 ވާ ހޮނިހިރު ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް