20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މި ދައުރު ހިނގަންވާނީ އަދި ހިނގާނީ ރައްޔިތުންގެ ފަހުރުވެރިވާނޭހެން އަދި މަޖިލީހުގެ ގަދަރާ މަގާމު އުފުލިގެންދާނޭފަދަ ގޮތަކަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މަޖިލިސް ރައީސް އަބްދުއްރަހީމް މިހެން ވިދާޅުވީ ރިޔާސަތާއި ހަވާލުވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
އެ ވާހަކަފުޅުގައި ރައީސް މުއިއްޒަށާއި މެންބަރުންނަށާއި ދާއިރާގެ ރައްޔިތުންނަށް ޝުކުރު ދަންނަވަމުން އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ މަސައްކަތުގައި އެމަނިކުފާނު ފުރިހަމައަށް ވަގުތު ދެއްވާ ނަމޫނާ ދައްކަވާނެކަމަށެވެ.
މަޖިލީހުގެ ރައީސް ކަމަށް އަބްދުއްރަހީމް އިންތިޚާބުވެވަޑައިގެންނެވީ 80 މެންބަރުންގެ ވޯޓުންނެވެ. ނައިބު ރައީސަކަށް އިންތިޚާބުވެގެންދިޔައީ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް