ޔޫރަޕިއަން އިންވެސްޓްމަންޓުގެ ނައިބު ރައީސާއި ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު ބައްދަލުކުރައްވައިފި

ޔޫރަޕިއަން އިންވެސްމަންޓުގެ ނައިބު ރައީސް އެމްބަރައޮސް ފަޔޮލްއާއި ރައީއްސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ބައްދަލު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވި، ހަތަރު ވަނަ އި...

28 May 2024 | 07:41

ޔޫރަޕިއަން އިންވެސްމަންޓުގެ ނައިބު ރައީސް އެމްބަރައޮސް ފަޔޮލްއާއި ރައީއްސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ބައްދަލު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވި، ހަތަރު ވަނަ އިންޓަރނޭޝަނަލް ކޮންފަރެސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ބައިވެވަޑައިގަތުމަށް އެންޓީގާ އެންޑް ބާބިޔުޑާއަށް ކުރައްވާ ދަތުރުފުޅުގެ ހަވާސާގައި ވަނީ މި ބައްދަލުވުން ކުރިއަށް ގެންގޮސްފައެވެ.

މި ބައްދަލުވުމުގައި ރައީސް ޑރ މުޢިއްޒު ވަނީ ރާއްޖެއަށް ޔޫރަޕްއަން އިންވެސްޓްމަންޓް ބޭންކުގެ ފަރާތުން ދެއްވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ވޭތުވެ ދިޔައި އެތައް އަހަރެއް ކުރީންސުރެން ގާއިމްވެފައިވާ ގާތްގުޅުން މި ސަރުކާރުން ބަދަހިކުރައްވަން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެެވެ.

މީގެއިތުރުން ރާއްޖޭގެ މޫސުމީ ބަދަލުތަކުން ދަފަރާވުމަށް އިސްކަންދޭ މަޝްރޫއުތައް، ކަނޑުތޮށިލުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމާއި، އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކުތެރޭ ހިމެނޭ،ފެނުގެ ނިޒާމު ގާއިމު ކުރުމަށް މަލީ އެހީތެރިކަމެއް ފޯރުކޮށްދިނުމާއި މެދު ރައީސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

މިގޮތުން މި ބައްދަލުވުން ނިންމަވާލައްވާފައިވަނީ، ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ރާއްޖޭގައި ކާމިޔާބުކަމާއެކު ހިންގޭނެ ގޮތްތަކުގެ އިތުރުން މޫސުމީ ބަދަލުތަކުން ކުރާ އަސަރު ކުޑަކުރުމާއި، ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި ގުޅޭގޮތުން ދެ ބޭފުޅުން  ހިޔާލުބައްދަލުކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް