ރައްޔިތުންގެ މަޖިލިސް ނައިބު ރައީސްކަމަށް އަހްމަދު ނާޒިމް އިންތިޚާބުވެވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ ނައިބު ރައީސްކަމުގެ މަޤާމަށް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް އިންތިޚާބުވެވަޑައިގެންފިއެވެ. މި މަޤާމަށް ނާޒިމް އިންތިޚާބުވެފައިވަނީ ރައްޔިތުންގެ މަޖި...

28 May 2024 | 07:40

ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ ނައިބު ރައީސްކަމުގެ މަޤާމަށް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް އިންތިޚާބުވެވަޑައިގެންފިއެވެ.

މި މަޤާމަށް ނާޒިމް އިންތިޚާބުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 93 މެންބަރުންގެ ތެރެއިން 80 މެންބަރުންގެ ވޯޓުންނެވެ. ވާދަކުރެއްވި އަހްމަދު ދީދީ އަށް ލިބިލެއްވީ 12 ވޯޓެވެ.

މަޖިލިސް ނައިބު ރައީސްގެ މަޤާމަށް ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ނާޒިމްގެ ނަންފުޅު ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް