ވަޔާއި ކަނޑު ވަރަށް ގަދަވާނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ރީނދޫ ސަމާލު

ވަޔާއި ކަނޑު ވަރަށް ގަދަ ވާނެ ކަމަށް ލަފާކޮށް ހއ އިތޮޅުން ފެށިގެން އދ އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ. މެޓުން ބުނީ ގަޑިއަކު25 މޭލާއި30 މޭލާއި ދެމެދު ބާރު މިނެއްގައި ވައި ޖެހި ވިލާގަނޑަކު ގަޑިއަކު50 މ...

28 May 2024 | 07:34

ވަޔާއި ކަނޑު ވަރަށް ގަދަ ވާނެ ކަމަށް ލަފާކޮށް ހއ އިތޮޅުން ފެށިގެން އދ އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.

މެޓުން ބުނީ ގަޑިއަކު25 މޭލާއި30 މޭލާއި ދެމެދު ބާރު މިނެއްގައި ވައި ޖެހި ވިލާގަނޑަކު ގަޑިއަކު50 މޭލަށް ވައި ގަދަވެ

ކަނޑުތައް ވަރަށް ގަދަ ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އަދި މީގެ އިތުރުން ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެޓުން ވަނީ ހއ ފެށިގެން ލ އަތޮޅާއި ހަމައަށް ހުދު ސަމާލުވެސް ނެރެފައެވެ.

ކަނޑުދަތުރު ފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދީ ރައްކާތެރިވުމަށް މެޓުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް