ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ ނައިބު ރައީސްކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް އާއި މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީގެ ނަންފުޅު ހުށަހަޅައިފިއެވެ.
ނައިބުރައީސްކަމަށް ނާޒިމްގެ ނަންފުޅު ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. އަހްމަދު ދީދީގެ ނަންފުޅު ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދެވެ.
މަޖިލިސް ރައީސް އާއި ނައިބުރައީސް ހޮވުމަށް ކުރިއަށްގެންދާނީ ސިއްރު ވޯޓެކެވެ. މި ވޯޓުގެ ކަންކަން ކުރިއަށްގެންދިއުމަށް މަޖިލީހުގައި މިވަގުތު މެންބަރުން ތިއްބެވި މެންބަރުން ހިމެނޭހެން ނަގާފައިވާ ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް