ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ ރައީސްކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްގެ ނަންފުޅު ހުށަހަޅައިފިއެވެ.
ރައީސްކަމަށް އަބްދުއްރަހީމްގެ ނަންފުޅު ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމެވެ. ނާޒިލްގެ ނަންފުޅު ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދެވެ.
މަޖިލިސް ރައީސް އާއި ނައިބު ރައީސް ހޮވުމަށް ކުރިއަށްގެންދާނީ ސިއްރު ވޯޓެކެވެ. މި ވޯޓުގެ ކަންކަން ކުރިއަށްގެންދިއުމަށް މަޖިލީހުގައި މިވަގުތު މެންބަރުން ތިއްބެވި މެންބަރުން ހިމެނޭހެން ނަގާފައިވާ ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް