ރައީސް މުޢިއްޒު އދ ގެ ސެކްރެޓަރީ ޖެނެރަލްއާއި ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު، އ.ދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓްރެސްއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެސް އޮން ސްމޯލް...

28 May 2024 | 05:33

ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު، އ.ދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓްރެސްއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގެ ހަވާސާގައެވެ.

ރައީސް ޑރ މުޢިއްޒު މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އދ އާއި ދިވެހި ރާއްޖެއާއި އޮތް ގާތް ގުުޅުން ބަދަހިކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ.

މީގެއިތުރުން ރައީސް ވަނީ އދ އިން ރާއްޖެއަށް ވެދެއްވާ އެހީ ފާހަގަ ކުރައްވާ، ބައިނަލްއަގުވާމީ މުޖްތަމައާ ރާއްޖެއާ އޮތް ގާތްކަމާ އިތުބާރު ދެމެހެއްޓުމުގައި އދ އަދާކޮށްދެއްވާ ދައުރަށް ޝުކުރު އަދާ ކޮށްފައެވެ.

ސިޑްސް ފަދަ ކޮންފަރެސްއެއް ބޭއްވުމުގެ މުހިއްމުކަމާއި، އެ މަހާސިންތާއިން ނެރެވޭނެ އުންމީދީ ނަތީޖާތަކުގެ މައްޗަށް އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އދ ގެ ސެކްރެޓަރީ ޖެނެރަލް ވަނީ އަލިއަޅުވާލައްވާފައެެވެ.

ރާއްޖެއަށް އދ އިން ވެދެއްވާ އެހީތެރިކަން އިތުރުކޮށް، ގުޅުންތައް ބަދަހިކުރެއްވުމުގެ އުންމީދު އައު ކުރައްވަމުން، އެ ބައްދަލުވުން ނިންމާލެއްވީ އދ ގައި ދިވެހިރާއްޖޭގެ ދައުރު އިތުރަށް ހަރުދަނާކުރުމުގެ އުންމީދުގައެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް