ހުޅުމާލޭގައި ހިނގި އަލިފާނުގެ ހާދިސާއަކަށް ސިފައިން އެޓެންޑުވެއްޖެ

ހުޅުމާލޭގެ ރެއިންކްރެސްޓް ރެސިޑެންސް ކައިރީ ރޯވި އަލިފާން އެމްއެންޑީއެފް ފަޔާރ އެންޑް ރެސްކިއު ޓީމުން ނިއްވާލައިފިއެވެ. ރޭ 3:58 ހާއިރު ހުޅުމާލޭގެ ރެއިންކްރެސްޓް ރެސިޑެންސް ކައިރީގައި ހުރި ކުނިތަކެއްގަ...

28 May 2024 | 05:25

ހުޅުމާލޭގެ ރެއިންކްރެސްޓް ރެސިޑެންސް ކައިރީ ރޯވި އަލިފާން އެމްއެންޑީއެފް ފަޔާރ އެންޑް ރެސްކިއު ޓީމުން ނިއްވާލައިފިއެވެ.

ރޭ 3:58 ހާއިރު ހުޅުމާލޭގެ ރެއިންކްރެސްޓް ރެސިޑެންސް ކައިރީގައި ހުރި ކުނިތަކެއްގައި ރޯވެ، ހުޅުމާލޭގެ ފަޔަރ ސްޓޭޝަންގެ ފަޔާރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަގުތުން ފަށާފައެވެ.

ހުޅުމާލެ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ ރޭ4:30 ހާއިރު ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވީކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް