ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވި މެންބަރުން މަޤާމުގެ ހުވާ ކުރައްވައިފިއެވެ.
މެންބަރުން ހުވާ ކުރެއްވީ މަޖިލީހުގެ ތަޅުމުގައި ބޭއްވި 20 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައެވެ.
މި ދައުރުގައި ޖުމުލަ 93 މެންބަރުން ހިމެނިވަޑައިގަންނަވައެވެ.
މަޖިލިސް އިންތިޚާބުގައި ޕްރޮގްރެސިވް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން 66 ގޮނޑި ކާމިޔާބުކުރިއެވެ. އަދި އިތުރު ބައެއް މެންބަރުން ޕީއެންސީއަށް ގުޅިވަޑައިގެންނެވުމާއެކު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 76 އަށް އަރާފައެވެ.
މަޖިލީހުގައި ދެން ތިއްބަވާނީ އެމްޑީޕީގެ 12 މެންބަރަކާއި އަމިއްލަ ގޮތުން އިންތިޚާބުވެފައިވާ 10 މެންބަރުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް