އިސްރާއީލުން އިއްޔެ ޣައްޒާގެ ރަފަހްގެ ޓެންޓުތަކަށް އަމާޒުކޮށް ދިން ހަމަލާ ދިވެހިރާއްޖެއިން ކުށްވެރިކޮށްފިއެވެ.
އެކަން ކުށްވެރިކޮށް ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ފަލަސްތީނުގައި ވިއްސި ވިހާލިވެ ވަންނާނެ ގެދޮރެއްނެތި ރަފަހް ސިޓީގެ ކޭމްޕުތަކުގައި ތިބި ރެފިއުޖީންނަށް އަމާޒުކޮށް ކޭމްޕުތަކަށް އަމާޒުކޮށް ދިން ހަމަލާ އަދި އިސްރާއީލުން ރަފަހް އަށް ދެމުން އަންނަ ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.
ރަފަހް ގެ ބްރިކްސް ކޭމްޕްތަކަށް އަމާޒުކޮށް އިސްރާއީލުން ދިނީ ވައިގެ ހަމަލާތަކެކެވެ. އެ ހަމަލާތައް ދިނުމާއެކު އެ ކޭމްޕުތަކުގައި ރޯވެ އެ ހާދިސާގައި ޝަހީދުވި މީހުންގެ އަދަދު މިހާރުވަނީ 45 އަށް އަރާފައެވެ.
އިސްރާއީލުގެ އެ ހަމަލާ އެ ސަރަހައްދަށް އަމާޒުވެގެންގޮސްފައިވަނީ ރަފަހް އަސް ހަމަލާތައް ދިނުން ވަގުތުން ހުއްޓާލުމަށް ބައިނަލްއަގްވާމީ އިންސާފުގެ ކޯޓުން އަމުރުކުރިތާ 53 ގަޑިއިރުގެ ފަހުންނެވެ.
ވަރުގަދަ އެ ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް