ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުން ސަޢޫދީ އަރަބިއްޔާއަށް މިހާތަނަށް ދަތުރުކުރި މީހުންގެ އަދަދު ފަސް ލައްކައިން މައްޗަށް ގޮސްފައިވާކަމަށް އެ ޤައުމުން ބުނެފިއެވެ.
އެގޮތުން އެ ޤައުމުގެ ޖެނެރަލް ޑިރެކްޓޮރޭޓް އޮފް ޕާސްޕޯޓްސް (ޖަވާޒަތު) އިން ބުނެފައިވަނީ ހައްޖުވުމަށް އާދީއްތަ ދުވަހާއި ހަމައަށް ސަޢޫދީއަށް ދަތުރުކޮށްފައިވާ މީހުންގެ އަދަދަކީ 532،958 ކަމަށެވެ.
އެ އަދަދަށް ބަލައިލާއިރު އެ އަދަދުން 523،729 މީހުން ސަޢޫދީއަށް ދަތުރުކޮށްފައިވަނީ ވައިގެމަގުން ކަމަށާއި އެއްގަމު މަގުން 9،210 މީހަކު އަދި ކަނޑުމަގުން 19 މީހަކު ސަޢޫދީއަށް ގޮސްފައިވާކަމަށް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް