ލޯކަސްޓް އިންފެސްޓޭޝަންގެ ސަބަބުން އަފްޣާންގެ އުތުރުގެ ދަނޑުވެރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

އދ.ގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަނުން ބުނީ ލޯކަސްޓް އިންފެސްޓޭޝަންގެ ސަބަބުން އަފްޣާނިސްތާނުގެ އުތުރުގެ ބައެއް އަތޮޅުތަކުގެ 6،000 ހެކްޓަރަށްވުރެ ގިނަ ދަނޑުވެރިކަމުގެ ބިން ހަލާކުވެފައިވާ ކަމ...

28 May 2023 | 18:19

އދ.ގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަނުން ބުނީ ލޯކަސްޓް އިންފެސްޓޭޝަންގެ ސަބަބުން އަފްޣާނިސްތާނުގެ އުތުރުގެ ބައެއް އަތޮޅުތަކުގެ 6،000 ހެކްޓަރަށްވުރެ ގިނަ ދަނޑުވެރިކަމުގެ ބިން ހަލާކުވެފައިވާ ކަމަށެވެ.

"މޮރޮކޯގެ ލޮކަސްޓަކީ ދުނިޔޭގެ އިގްތިސާދީ ގޮތުން ދަނޑުބިންތަކަށް އެންމެ ބޮޑަށް ނޭދެވޭ އަސަރު ކުރުވާ ފެސްޓެވެ. މިއީ 150 އަށް ވުރެ ގިނަ ގަސްގަހާގެހި އާއި 50 އަށް ވުރެ ގިނަ ކާބޯތަކެތީގެ ބާވަތްތައް ކާ، ހަލާކު ކުރާ ފެސްޓެއް" އަފްޣާނިސްތާނުގައި ހުންނަ އެފްއޭއޯގެ މަންދޫބު ރިޗާޑް ޓްރެންޗާޑް ވިދާޅުވި އެވެ.

އެފްއޭއޯގެ މަންދޫބު ވިދާޅުވި ގޮތުގައި މިހާރުގެ ހާލަތަށް ބަލާއިރު ދަނޑުވެރިންނަށް ވަގުތުން އެހީތެރިވުން މުހިންމެވެ.

“ހުރިހާ އެއްޗެއް ގެއްލިދާނެ ގޭބިސީތަކަށް ބޭނުންވެދާނެ ކާބޯތަކެތީގެ އެހީތެރިކަން ލިބޭނެ ގޮތް ހެދުމަށް ޕްރީ ޕޮޒިޝަން ކުރަން ޖެހޭ. ގިނަ ދަނޑުވެރިކަމުގެ ސަޕޯޓް، ކުއްލި އެހީތެރިކަން، އެމީހުންނަށް ބޭނުންވެދާނެ... އެއީ މޮރޮކޯގެ ލޮކަސްޓްގެ އަނެއް ކަމެއް، އަހަރުން އަހަރަށް ސަތޭކަ ގުނަ އިތުރުވެދާނެ. އަންނަ އަހަރު މިއަށްވުރެ މާ ގޯސް ބަލިމަޑުކަމެއް ނުފެންނާނެކަން ޔަގީން ކުރަން ޖެހޭ،” ރިޗަޑް ޓްރެންޗާޑް ވިދާޅުވި އެވެ.

މީގެއިތުރުން ދަނޑުވެރިން ބުނެފައިވަނީ ލޮކަސްޓް ނައްތާލެވޭނެ ވަސީލަތްތައް އެމީހުންގެ އަތުގައި ނެތް ކަމަށާއި، އެހީދޭ ޖަމިއްޔާތަކުން ދަނޑުވެރިންނަށް އެހީތެރިވާން ޖެހޭ ކަމަށެވެ.

"މޮރޮކޯގެ ލޯކަސްޓްގެ ސަބަބުން އަހަރެންގެ ހަނޑުލުގެ ދަނޑުގެ 300 އަކަފޫޓާއި އަދި މި ސަރަހައްދުގެ 31،000 އަކަމީޓަރުގެ ބިން ހަލާކުވެއްޖެ،" ދަނޑުވެރިއެއް ކަމަށްވާ ނަޖީބުالله ވިދާޅުވި އެވެ.

ބަދަޚްޝާން، ބަދުގީސް، ބަޣްލާން، ބަލްޚް، ސޫރު އެ ޕޫލް، ސަމަންގަން، އަދި ތަޚަރު އަކީ ލޯކަސްޓްގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ އަތޮޅުތަކެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް