ނައީމާގެ މަރުގެ މައްސަލައިގާ މާލެއިން މީހަކު ހައްޔަރުކޮށްފި

ނ. މަނަދޫ ނައީމާ މޫސާގެ މަރުގެ މަރުގެ މައްސަލައިގާ މިރޭ މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ. އެގޮތުން ދެންމެ ފުލުހުން ބުނީ ނައީމާ މޫސާ މަރާލި މައްސަލައިގާ މިރޭ މާލެއިން 21 އަހަރުގެ ދިވެހި ފިރިހެނަކު ހަ...

28 May 2023 | 17:27

ނ. މަނަދޫ ނައީމާ މޫސާގެ މަރުގެ މަރުގެ މައްސަލައިގާ މިރޭ މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.

އެގޮތުން ދެންމެ ފުލުހުން ބުނީ ނައީމާ މޫސާ މަރާލި މައްސަލައިގާ މިރޭ މާލެއިން 21 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ. އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ނައީމާގެ މަރުގެ މައްސަލައިގާ ހައްޔަރުކުރި މީހުންގެ އަދަދު މިވަނީ ތިނަކަށް އަރާފައެވެ. އެއީ މިރޭ މާލެއިން ހައްޔަރު ކުރި މީހާގެ އިތުރުން މަނަދޫން ހައްޔަރުކުރި ދެމީހުންނެވެ.

ގިނަ ޒަހަމްތަކަކާއެކު ނައީމާ މަރާލާފައި އޮއްވާ ފެނިފައިވަނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހު، ނައީމާ ދިރިއުޅޭ ގޭގެ ކޮޓަރިއެއްގެ ތެރެއިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް