މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން އަމުރެއް ނެރެފިއެވެ.
މި އަމުރު ސިވިލް ކޯޓުން މިއަދު ނެރެފައިވަނީ 30 ދުވަހުގެ މުއްދަތަށެވެ.
އެ އަމުރުގައި ބުނެފައިވަނީ މި މައްސަލައިގާ ދާއިމީ ހައްލެއް ހޯދަން އިލެކްޝަންސް ކޮމިޝަނާއި ދެކޮޅަށް އެމްއާރްއެމްއިން އިތުރު މައްސަލައެއް ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ވައްދާނެކަމަށް، އެ ޕާޓީން ބުނެފައިވާތީ އެ މުއްދަތު ދޭ ކަމަށެވެ. އަދި އެ މުއްދަތުގައި މައްސަލަ ހުށަނާޅައިފިނަމަ އުވާލުން މަޑު ޖައްސާލަން ނެރުނު އަމުރު ބާތިލުވާނެ ކަމުގައިވެސް ބުނެފައިވެއެވެ.
ގާނޫނުގައި ބުނާ އަދަދު ހަމަނުވާކަމަށްބުނެ އަދި ދިން މުއްދަތުގައި އެ އަދަދު ހަމަކުރެވިފައިނުވާކަމަށް ބުނެ އީސީން އެމްއާރްއެމް އުވާލަން ނިންމައި އެއްވެސް ސިޔާސީ ހަރަކާތެއް ކުރިއަށް ނުގެންދިއުމަށް އަންގަން އީސީން ނިންމީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް