އިންތިހާބުގެ ކުރިން މަޝްރޫއުތައް ނިމޭނެ: ރައީސް

އަތޮޅު ތެރޭގައި ސަރުކާރުން ކުރިޔަށް ގެންދާ ހުރިހާ މަޝްރޫއުތައް ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން ނިމޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ ފ. އ...

28 May 2023 | 14:00

އަތޮޅު ތެރޭގައި ސަރުކާރުން ކުރިޔަށް ގެންދާ ހުރިހާ މަޝްރޫއުތައް ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން ނިމޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފީއައްޔަށް ވަޑައިގެން ވާހަކަ ފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރަށްރަށުގައި ފަށާފައިވާ އަސާސީ ހިދުމަތްތަކާ ގުޅޭ ތަރައްގީގެ މަޝްރޫއުތައް އަވަހަށް ނިންމުމަށް ސަރުކާރުން ގިނަ މަަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި މިދިޔަ ދެ ދުވަހެކޭ އެއްގޮތަށް ކުރިޔަށް އޮތް ދުވަސްތަކުގައިވެސް އޮންނާނީ މަޝްރޫއުތައް ނިންމުގެ ރަސްމިއްޔާތުތައް ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މި މަޝްރޫއުތަކުގެ ތެރެއިން ވޯޓުލުމުގެ ކުރިން ފެނަކައިގެ އިތުރު 28 އިންޖީނުގޭގެ ހިދުމަތް 28 ރަށެއްގައި ދޭން ފަށާނެ އެވެ. އެޑިއުކޭޝަން މިނިސްޓްރީން ރަށްރަށުގައި ހިންގާ ގިނަ މަޝްރޫއުތަކެއް ވެސް އެ މުއްދަތުގެ ތެރޭގައި ނިމޭނެ އެވެ. އަދި 122 ރަށެއްގައި މިހާރު ކުރަމުން އަންނަ ފެނާއި ނަރުދަމާގެ މަސައްކަތް ވެސް ނިމޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ހުރިހާ މަޝްރޫއުއެއްގެ މަސައްކަތް ހެން އޮގަސްޓު މަހު ނިމޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް