ފ. ބިލެއްދޫ ސްކޫލްގެ މަލްޓީ ޕާޕަސް ހޯލް ރަސްމީކޮށް ހުޅުވައިފި އެވެ.
އެ ހޯލް ރަސްމީކޮށް ހުޅުވައި ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުފުޅުގައި މިއަދު އެ ރަށަށް ވަޑައިގެން އެމަނިކުފާނުގެ ދެކަނބަލުންނެވެ.
މި ހޯލަކީ ޕީއެސްއައިޕީ ބަޖެޓުން8.2 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތް ކުރި ހޯލެކެވެ. މި މަސައްކަތް ކުރީ އިނޯކާ ޕްރައިވެޓް ލިމިޓެޑުންނެވެ.
މި ހޯލަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ދައުރުގައި ސްކޫލްތަކުގައި އިމާރަތްކޮށް ނިމުނު 15 ވަނަ މަލްޓިޕާޕަސް ހޯލެވެ.
މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ހުރިހާ ސްކޫލެއްގެ ކިޔެވުން އެއްދަންފަޅި އަށް ބަދަލުކުރުމަށް މި ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން މިހާތަނަށް 1.3 ބިލިއަން ރުފިޔާ ހަރަދުވެއްޖެ ކަމަށެވެ.
އޭގެ ތަފްސީލް ދެއްވަމުން މިނިސްޓަރު ވިދާޅުވީ ތައުލީމީ ދާއިރާއަށް، ސްކޫލްތަކަށް އުމްރާނީ ތަރައްގީ ގެނައުމަށްޓަކައި މުޅިއަކު 247 މަޝްރޫއެއް ހިންގަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ޖުމްލަ 1،716 ކްލާސްރޫމާއި 92 މަލްޓިޕާޕަސް ހޯލާއި 563 އެހެނިހެން އިމާރާތްތަކުގެ މަސައްކަތްތައް އެބަ ކުރިއަށް ދޭ ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް