އެމްޑީޕީގެ ކުރީގެ މެމްބަރުންތަކެއް ސަރުކާރުގެ މަގާމުތަކުން ވަކިކޮށްފި

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ސްލޮޓްތަކުގައި ސަރުކާރުގެ ބައެއް ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންތަކެއް މަގާމުން ވަކިކޮށްފި އެވެ. މަގާމުން ވަކި ކުރީ އެމްޑީޕީން ކެނޑިގެން ރައްޔިތުންގެ މަޖިލީހ...

28 May 2023 | 10:25

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ސްލޮޓްތަކުގައި ސަރުކާރުގެ ބައެއް ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންތަކެއް މަގާމުން ވަކިކޮށްފި އެވެ.

މަގާމުން ވަކި ކުރީ އެމްޑީޕީން ކެނޑިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަޑީގައި ހުންނަވައިގެން އުފައްދަވާ ދަ ޑިމޮކްރޭޓްސްއަށް ސޮއި ކުރި ބޭފުޅުންނެވެ.

އެ ބޭފުޅުން މަގާމުން ވަކި ކުރީ އެމްޑީޕީން އެދިގެންނެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މިއުވާން ވިދާޅުވީ ސަރުކާރުގެ މަގާމުތަކުން ވަކި ކުރަމުންދާ މީހުންނަކީ އެމްޑީޕީގެ ސްލޮޓްތަކުގައި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކަމަށެވެ. އެ ޕާޓީ ދޫކޮށްލުމުން އެ މަގާމުތަކުން އެބޭފުޅުން ވަކިކޮށް ދިނުމަށް އެމްޑީޕީން އެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު އެއީ ކިތަށް މީހުން ކަމެއް ނޭނގެ އެވެ. ސޯޝަލް މީޑިއާގައި ޑިމޮކްރޭޓްސްއަށް ތާއީދު ކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދަނީ ވަކި ކުރިކަމަށް ބުނާ މީހުންގެ ފޮޓޯތައް އާންމު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް