ނޮވެމްބަރު 11 ވަނަ ދުވަހު ވަޑައިގަންނަވަންޖެހިލައްވާނީ އަމިއްލަފުޅު ގެކޮޅަށްކަމުގައި ވިދާޅުވެ ޝުޖާއު ހުސެއިން ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ ރައީސް މިހާރު ފާފަށް ކުރައްވަމުންގެންދަވާ ދަތުރުފުޅާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައެވެ.
އެގޮތުން އެ ޓްވީޓްގައި ޝުޖާއު ވިދާޅުވެފައިވަނީ ރައީސް މައުމޫންގެ 30 އަހަރުގެ ފޮތުން ދަސްކުރައްވައިގެން ރައްޔިތުން ގުނބޯ ހައްދަން ކިތަންމެ މަސައްކަތް ކުރެއްވިޔަސސް އެކަމެއް ނުވާނެ ކަމަށެވެ.
"ރައީސް ސޯލިހް ޖެހިވަޑައިގަންނަވާނީ ނޮވެމްބަރު 11 ވަނަ ދުވަހު ރައީސް އޮފީސް ދޫކުރައްވައި އަމިއްލަ ގެކޮޅަށް ވަޑައިގަންނަވަން" ޝުޖާއު ވިދާޅުވެފައިވެއެވެ.
ލޯކަލް ގަވަރަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ކުރީގެ ނައިބު ރައީސްކަން ކުރެއްވި ޝުޖާއު ހުސެއިން އަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވާދަކުރައްވާނެކަން އިއުލާނުކުރައްވައި ކެމްޕޭނު ކުރައްވަމުން ގެންދަވާ ފަރާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް