ފެމިލީ ކޯޓަށް ގާޒީއަކު ހޯދަން ކުރި އިއުލާނު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބާތިލް ކޮށްފި އެވެ.
އެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ. އެ މުއްދަތު ހަމަވީ މިމަހުގެ 22 ވަނަ ދުވަހު އެވެ.
މުއްދަތު ހަމަވިއިރު25 މީހުން އެ ކޯޓުގެ ގާޒީ ކަމަށް ކުރިމަތި ލާފައިވެ އެވެ.
ޖޭއެސްސީން އެ އިއުލާނު ބާތިލް ކުރީ މިއަދު އެވެ. އެކަމަކު އިއުލާނު ބާތިލް ކުރި ސަބަބު ހާމަކޮށްފައި ނުވާއިރު ބުނެފައިވަނީ ކުރިމަތިލި ފަރާތްތަކުގެ އެޕްލިކޭޝަންތައްވެސް ބާތިލް ކޮށްފައިވާ ކަމަށެވެ.
ފެމިލީ ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 46،000ރ. ލިބިވަޑައިގަންނަވާނެ އެވެ.
ކޯޓުތަކަށް ޤާޟީން ހޯދަން ކުރާ އިއުލާންތައް ބާތިލް ކުރުމަކީ ޖޭއެސްސީ އިން އާއްމުކޮށް ކުރާކަމެއް ނޫނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް