ހަރުގެ އަތުލި މައްސަލަ އެމްޑީޕީން ކޯޓަށް ވައްދައިފި

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ މައި ހަރުގެ ހުސް ކުރަން އެންގި މައްސަލަ ޕާޓީގެ ފަރާތުން ސިވިލް ކޯޓަށް ވައްދައިފި އެވެ. އާޓިފިޝަލް ބީޗު ބޮޑުތަކުރުފާނު މަގަށް ވާގަތަށް ހުންނަ ހަރުގެ އަކީ އެމްޑީޕީގެ ކ...

28 May 2023 | 08:46

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ މައި ހަރުގެ ހުސް ކުރަން އެންގި މައްސަލަ ޕާޓީގެ ފަރާތުން ސިވިލް ކޯޓަށް ވައްދައިފި އެވެ.

އާޓިފިޝަލް ބީޗު ބޮޑުތަކުރުފާނު މަގަށް ވާގަތަށް ހުންނަ ހަރުގެ އަކީ އެމްޑީޕީގެ ކުރީގެ އެކްޓިވިސްޓު ނު ޝަފިއްޔާ ޒުބައިރުގެ ބިމެކެވެ. އޭނާ މިހާރު ތާއީދު ކުރަނީ "ދަ ޑިމޮކްރޭޓްސް" އަށެވެ.

ޝަފިއްޔާ ވަނީ ހަރުގެ ހުސްކުރަން އެންގުމަށްފަހު އެ ބިން އެހެން ފަރާތަކަށް ކުއްޔަށްވެސް ދީފަ އެވެ.

އެމްޑީޕީން މީޑީއާގައި ބުނީ އެ މައްސަލަ ކޯޓަށް ވެއްދީ މުއްދަތު ހަމަވެފައި ވީނަމަވެސް މިއަހަރުގެ ރިޔާސީ އިންތިހާބުގެ ނިޔަލަށް ހަރުގެ އެ ޕާޓީއަށް ބޭނުން ކުރުމުގެ ހުއްދަ ދީފައިވާތީ ކަމަށެވެ.

ކޯޓަށް މައްސަލަ ވެއްދީ އެ އެންގުން އެހެން ގޮތަކަށް ފަހުން ބަދަލުކުރުމުން ޕާޓީގެ ހައްގުތައް ކަށަވަރުކުރުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް