ފުވައްމުލަކު ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް، ދެ މީހަކަށް ފަރުވާ ދެނީ

ފުވައްމުލައް ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ. މި އެކްސިޑެންޓުގެ ހިނގީ11:25 ހާއިރު އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި އެކްސިޑެންޓުގައި އަނިޔާވީ18 އަހަރާއި19 އަހަރުގެ ދިވެހ...

28 May 2023 | 07:34

ފުވައްމުލައް ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

މި އެކްސިޑެންޓުގެ ހިނގީ11:25 ހާއިރު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި އެކްސިޑެންޓުގައި އަނިޔާވީ18 އަހަރާއި19 އަހަރުގެ ދިވެހި ފިރިހެނުންނަށް ކަމަށެވެ. އެމީހުންނަށް ފުވައްމުލަކު ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

ލިބުނު ޒަހަމްތަކުގެ ތަފްސީލެއް ނޭނގެ އެވެ.

ފުލުހުން މައުލޫމާތު ދޭގޮތުގައި ދެމީހުން އަތުގައިވެސް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް އެބައޮތެވެ.

މި ހާދިސާ ހިނގާދިޔަ ގޮތް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް