ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބިލެއްދޫއަށް ވަޑައިގެންފި އެވެ.
އެމަނިކުފާނު އެއަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅު ފެއްޓެވީ އިއްޔެ އެވެ. އިއްޔެ ވަޑައިގެންނެވީ ވެރިރަށް ނިލަންދޫ އާއި މަގޫދޫއަށެވެ.
ރައީސް ސޯލިހު އެ ރަށަށް ވަޑައިގެންނެވުމުން ބިލެއްދޫ ގިނަ އަދަދެއްގެ ބަޔަކު ވަނީ ހޫނު މަރުހަބާއެއް ކިޔާފައި އެވެ.
އެ ރަށަށް ވަޑައިގެން ރައީސް ވަނީ ބިލެއްދޫގައި އިމާރާތް ކުރި ފެނަކަ އާ އިމާރާތް ރަސްމީކޮށް ހުޅުވައި ދެއްވާފައި އެވެ.
އަދި އެ ރަށު ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ އިތުރުން ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނާއި އެމަނިކުފާނު ބައްދަލު ކުރައްވާނެ އެވެ. މި ބައްދަލުވުންތަކުގައި ރަށުގެ ތަރައްގީއަށް ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި ދަރަނބޫދޫ އާއި ފީއަލީއަށްވެސް ވަޑައިގެންނަވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް