އުތުރުގައި ގޭންގްތަކެއް ނޫޅެ، މާލޭގައި ނުރައްކާތެރި 10 ގޭންގު ހަރަކާތްތެރިވޭ!

މާލޭގައި ނުރައްކާތެރި 10 ގޭންގު ހަރަކާތްތެރިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ. ފުލުހުން މިހެން ބުނީ މިހާރު އއ. އުކުޅަހުގައި ކުރިޔަށްދާ ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ދިން ޕްރެސެންޓޭޝަނެއްގ...

28 May 2022 | 14:22

މާލޭގައި ނުރައްކާތެރި 10 ގޭންގު ހަރަކާތްތެރިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.

ފުލުހުން މިހެން ބުނީ މިހާރު އއ. އުކުޅަހުގައި ކުރިޔަށްދާ ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ދިން ޕްރެސެންޓޭޝަނެއްގައި އެވެ.

ފުލުހުން ބުނީ އުތުރުގެ އަތޮޅުގައި ގޭންގު ހަދައިގެން ކުށްކުރާ އެއްވެސް ބަޔަކު ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ. އެއާ ހިލާފަށް ގޭންގުތައް މެދުރާއްޖެ ތެރެއާއި ދެކުނުގައި ގިނަ ކަމަށް ބުންޏެވެ.

މެދުރާއްޖެއަށް ނިސްބަތްވާ 197 މީހަކު ގޭންގުތަކުގައި އުޅޭއިރު, ހަ މީހަކު އިސް ސަފުގައި އުޅެ އެވެ. އޭގެ ތެރެއިން ނުރައްކާތެރި10 ގޭންގު މާލޭގައި ހަރަކާތްތެރި ވިޔަސް މާލޭގައި44 ގޭންގެއް ހަރަކާތްތެރި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް