ހުޅުދޫ ބަނދަރުގެ 85 ޕަސެންޓު މަސައްކަތް ނިމިއްޖެ

. ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ބޮޑު ބައި ނިމިއްޖެ އެވެ. މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ 85 ޕަސެންޓް މަސައްކަތް އެއްކޮށް ނިންމާލެވިފައިވާ...

28 May 2022 | 07:36

. ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ބޮޑު ބައި ނިމިއްޖެ އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫއުގެ 85 ޕަސެންޓް މަސައްކަތް އެއްކޮށް ނިންމާލެވިފައިވާ ކަމަށެވެ. އަދި ހާބަރ ބްރިޖް ހެދުމުގެ މަސައްކަތުގެ 76 ޕަސެންޓް ނިމިއްޖެ ކަމަށް މައުލޫމާތުދެ އެވެ.

މި މަޝްރޫޢުގެ ދަށުން، 88,623 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުން ކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި 114 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 624 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހާނެ އެވެ.

މީގެ އިތުރުން 742 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 2250 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.

މިއީ 66.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް