ހިޔާ ސަރަހައްދު ފެހިކުރަން އެޗްޑީސީން ހިކަނދި ފަަތާއި ރާނބާފަތް އިންދަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތައް ސަރަހައްދު ފެހި ކުރުމަށް އާންމުންނަށް ބޭނުންވާނެ ބާވަތްތަކުގެ ގަސްތައް އިންދުމުގެ މަސައްކަތް ފަށައިފި އެވެ. ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިނ...

28 May 2022 | 05:33

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތައް ސަރަހައްދު ފެހި ކުރުމަށް އާންމުންނަށް ބޭނުންވާނެ ބާވަތްތަކުގެ ގަސްތައް އިންދުމުގެ މަސައްކަތް ފަށައިފި އެވެ.

ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ފްލެޓުތައް ސަރަހައްދުގައި ގަސް އިންދާނެ ސަރަހައްދު ފާހަގަކޮށް ގަސްތައް އިންދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ހިޔާދޭ ބޮޑެތި ގަސްތަކާއި އެކު އެ ސަރަހައްދު ފެހި ކުރާއިރު އާންމުން އިށީންނާނެ ގޮނޑިތަކެއް ހަދާނެ އެވެ.

ދެ ޓަވަރު ދޭތެރޭގައި އޮންނަ ހުސްތަނާއި ޓަވަރުތަކުގެ ކައިރީގައި އިންދަން ހަމަޖެހިފައިވާ ގަސްތަކުގެ ތެރޭގައި ހިކަނދިފަތް، ރާނބާފަތް، ހުވަނދުމާ، ގަނދަކޯޅި އަދި ލެމަންގްރާސް ފަދަ ބާވަތްތައް ހިމެނެ އެވެ.

އެޗްޑީސީން ދަނީ ހިޔާ ފްލެޓޫތައް ހިމެނޭ ސަރަހައްދުގެ މަގުތައް ފެހި ކުރުމާއި ޕޭވްމަންޓު ހެދުމުގެ މަސައްކަތް ކުރަމުންނެވެ. މަގުތަކުގައި ގިނައިން އިންދަމުންދަނީ ހިތި ގަހެވެ. އަދި ބަނބުގެޔޮ ގަހާއި ނިކަ ގަސް އިންދާފައި އެބަހުއްޓެވެ.

އެޗްޑީސީން ބުނީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ އާންމުންނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ހަމަޖައްސައި ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޕާކުތައް ހެދުމުގެ މަސައްކަތް ކުރަމުންދާއިރު ފުރަތަމަ ޕާކުގެ އެއް ބައި މިހާރު ވަނީ އާންމުންނަށް ހުޅުވާލާފަ އެވެ.

https://twitter.com/hdcmaldives/status/1530178793767243777

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް