މިސްކިތްތައް ބަންދުކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫން: އަލީ ރަމީޒް

ހަރުކަށިކޮށް މިސްކިތްތައް ބަންދުކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމުގައި ކުރީގެ ލަވަކިޔުންތެރިޔާ، މިހާރު އިސްލާމް ދީނަށް މީހުން ހޭލުންތެރިކުރުމުގައި މަސައްކަތް ކުރަމުން އަންނަ އަލީ ރަމީޒް ވިދާޅުވެއް...

28 May 2021 | 18:57

ހަރުކަށިކޮށް މިސްކިތްތައް ބަންދުކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމުގައި ކުރީގެ ލަވަކިޔުންތެރިޔާ، މިހާރު އިސްލާމް ދީނަށް މީހުން ހޭލުންތެރިކުރުމުގައި މަސައްކަތް ކުރަމުން އަންނަ އަލީ ރަމީޒް ވިދާޅުވެއްޖެއެވެ.

އަލީ ރަމީޒް މިހެން ވިދާޅުވީ މިއަދު ވޮއިސް ނޫހުގައި ލިޔެފައިވާ ދެ ޚަބަރެއްގެ ސްކްރީންޝޮޓާއެކު ކުރެއްވި ޕޯސްޓެއްގައެވެ.

"މިސްކިތުން ފެން ކަނޑައި، މިސްކިތުގައި ތަޅު އަޅުވައިފި" އަދި "މިސްކިތުން ނަމާކުރާ ފަރާތްތައް ޖޫރިމަނާކުރަން ފަށައިފި" މި ދެ ސުރުހީއަށް ބިނާކޮށް އަލީ ރަމީޒު ކުރައްވާފައިވާ ޕޯސްޓްގައި ވިދާޅުވެފައިވަނީ މިސްކިތްތަކަށް އެއްގޮތަކަށްވެސް ނުވަދެވޭގޮތަށް މިހާ ހަރުކަށިކޮށް މިސްކިތްތައް ބަންދުކުރުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

"އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ދިރިއުޅޭ ތަންތަނަކީ ފަސޭހައިން ނަމާދުކުރެވޭގޮތަށް ހުންނަ ތަންތަނެއް ނޫން، މިސްކިތްތައް ހުޅުވާ!" އަލީ ރަމީޒް ވިދާޅުވެފައިވެއެވެ.

މިސްކިތަށް ނަމާދަށްދިއުމުން ޖޫރިމަނާކުރާކަމަށް ބުނެފައިވީނަމަވެސް ފުލުހުން މިކަން ދޮގުކުރެއެވެ. ފުލުހުން ބުނެފައިވަނީ މިސްކިތަށް އަރައިގެން އެއްވެސް މީހަކު ޖޫރިމަނާކޮށްފައިނުވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް