ކޯވިޑް-19 އަށް އިތުރު 901 މީހުން ޕޮސިޓިވް ވެއްޖެ އެވެ.
ކޯވިޑަށް މިއަދު މާލެއިން ޕޮސިޓިވްވެފައިވަނީ 468 މީހުންނެވެ. އަތޮޅު ތެރެއިން 417 މީހުން ޕޮސިޓިވްވެފައިވެ އެވެ. ރިސޯޓުތަކުން 11 މީހުން ޕޮސިޓިވްވެފައިވާއިރު ތަރައްގީ ކުރަމުންދާ ރަށްތަކުން ހަތަރު މީހަކު އަދި އިންޑަސްޓްރިއަލް ރަށްތަކުން އެކަކު ޕޮސިޓިވްވެފައިވެ އެވެ.
މިއަދަކީ މިދިޔަ ތިން ހަފްތާއެއްހާ ދުވަސް ތެރޭގައި 1،000 އަށްވުރެ ދަށުން މީހުން ކޯވިޑަށް ޕޮސިޓިވްވި ދުވަހެވެ.
މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 4،821 ސާމްޕަލެވެ.
މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 24،818 މީހުންނަށެވެ. އޭގެ ތެރެއިން 252 މީހުުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައިވަނީ 36،862 މީހުންނެވެ.
މިއަދު ކޯވިޑް ޖެހިގެން މިހާތަނަށް ހަތަރު މީހަކު މަރުވެފައި އެވެ. އަދި މިމަހު ކޯވިޑްގައި މަރުވި އަދަދު 82 އަށް އަރާފައިވާއިރު މިހާތަނަށް ކޯވިޑްގައި މަރުވި އަދަދު ވަނީ 155 އަށް އަރާފައި އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 61،844 މީހުން ޕޮސިޓިވްވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް