ކޮވިޑަށް ޕޮޒިޓިވް ވި ހަތް އަހަރުގެ ކުއްޖަކު ވެންޓިލޭޓަރުގައި

ކޮވިޑަށް ޕޮޒިޓިވް ވި ހަތް އަހަރުގެ ކުއްޖަކަށް ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ހަތް އަހަރުގެ އަންހެން ކުއްޖާއަކީ ކިޑްނީ ބައ...

28 May 2021 | 11:11

ކޮވިޑަށް ޕޮޒިޓިވް ވި ހަތް އަހަރުގެ ކުއްޖަކަށް ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ހަތް އަހަރުގެ އަންހެން ކުއްޖާއަކީ ކިޑްނީ ބައްޔަކަށް ފަރުވާ ހޯދަން މާލެ އައި ކުއްޖެކެވެ. މި ކުއްޖާ ނިސްބަތްވަނީ ތ. ވިލުފުއްޓަށެވެ.

މިއީ ކޮވިޑުގައި ރާއްޖޭގައި ކުޑަކުއްޖެއްގެ ހާލު ސީރިއަސްވި ފުރަތަމަ ފަހަރެވެ.

މި ކުއްޖާގެ ބައްޕައާއި ހަވާލާދީ މިހާރު ނޫހުގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ ކުއްޖާ މާލެ އައިތާ ހަތަރުވަނައަށްވީ ދުވަހު ކޮވިޑަށް ޕޮޒިޓިވް ވިއެވެ. އަދި ހާލު ސީރިއަސް ވާންފެށީ ބަލި ޖެހުނުތާ 10 ދުވަސް ފަހުންކަމަށް ބުނެފައިވެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާގޮތުގައި ރާއްޖޭގައި 2021 ވަނަ އަހަރު ޖެނުއަރީއިން ފެށިގެން 10 އަހަރުން ދަށުގެ 5،131 ކުދިން ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

ކޮވިޑުގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް މިވަނީ ގޯސްވެފައެވެ. ދުވާލަކު ހާހަކަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވަމުން އަންނައިރު މި ބަލީގައި ދުވާލަކު ތިން ހަތަރު މީހަކު އަންނަނީ ރާއްޖޭއި ދުނިޔެ ދޫކުރަމުންނެވެ. މިއަދުވެސް މިހާތަނަށް ހަތަރު މީހަކު ރާއްޖެއިން މި ބަލީގައި ދުނިޔެ ދޫކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް